ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުކަމުގެ މަގާމުން ހޯސޭ މޮރީނިއޯ ވަކިކޮށްފައިވަނީ މި ދިޔަ ހޯމަ ދުވަހުއެވެ. ޓޮޓެންހަމްގެ ކޯޗުކަމުގެ މަގާމުން މޮރީނިއޯ ވަކިކުރީ މަގާމާ ހަވާލުވިތާ ގާތްގަނޑަކަށް ދޮޅު އަހަރެއްހާ ދުވަސް ފަހުންނެވެ. އިނގިރޭސިވިލާތުގެ ދަ ސަންއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަފުތާ ތެރޭ މަގާމުން ވަކިކުރި މޮރީނިއޯގެ ވިސްނުން ހުރީ ސްކޮޓްލަންޑްގެ ސެލްޓިކާ ދިމާއަށެވެ. އެހެންނަމަވެސް މިކަމާ ގުޅޭ މާ ގިނަ ތަފްސީލްތަކެއް އަދި މީޑިއާއަކަށް ތިލައެއް ނުވެއެވެ.
ޓޮޓެންހަމްގެ ކޯޗުކަމުގެ މަގާމާ މޮރީނިއޯ ހަވާލުވީ މިދިޔަ ސީޒަނުގެ މެދު ތެރެއިންނެވެ. ކުއްލި ގޮތަކަށް ޓޮޓެންހަމްގެ ކޯޗުކަމުން މޮރީނިއޯ ވަކިކުރިއިރު، އިގިރޭސި ލީގުކަޕުގެ ފައިނަލްގައި މެންޗެސްޓަރ ސިޓިއާ ދެކޮޅަށް ޓޮޓެންހަމް ކުޅޭ މެޗު އަންނަ ހަފުތާގައި އޮންނާނެއެވެ.