ads
ވަގުތީ ކޮމެޓީ ބައްދަލުވުން
އިތުރަށް ރުފިޔާ ޗާޕުކުރަން ހުއްދަދޭން ކޮމެޓީން ނިންމައިފި
ސަރުކާރުން އެދުނު ގޮތަށް ފައިސާ އޯވަޑުރޯ ކުރަން ނުވަތަ އިތުރަށް ރުފިޔާ ޗާޕް ކުރެވޭ ގޮތަށް ދީފައި އޮތް ހުއްދަ އިތުރު އެއް އަހަރަށް ދަންމާލުމަށް ރައްޔިތުންގެ މަޖިލީހުގައި ހާއްސަ ކޮމެޓީން ނިންމައިފި އެވެ.

އިތުރަށް ފައިސާ ޗާޕުކުރުމުގެ ހުއްދަ ދިނުމާ ގުޅޭ މައްސަލައާ މެދުގޮތެއް ނިންމަށް އެކުލަވާލި ނުވަ މެންބަރުންގެ ވަގުތީ ކޮމެޓީގައި އިއްޔެ އާއި ރޭ ކުރި ބަހުސްތަކަށް ފަހު ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގައި އެދުނުގޮތަށް މުއްދަތު އިތުރުކުރަން ނިންމާފައިވަނީ އެ ކޮމެޓީގެ ހުރިހާ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.    

ބުދަ ދުވަހާއި އެ ދުވަހުގެ ރެއާއި ހަމަޔަށް ކުރިއަށް ގެންދިޔަ އެ ކޮމެޓީގެ ފަސް ބައްދަލުވުމެއް ބޭއްވިފައިވެއެވެ. ކޮމެޓީގެ ފަރާތުން ރަސްމީކޮށް އަދި ނުރަސްމީކޮށް މަޝްވަރާކޮށް ގެނެވުުނު ބަދަލުތަކާއިއެކު އެ ރިޕޯޓު ފާސްކުރުމަށް ހުށަހަޅުއްވާފައިވަނީ އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު އެވެ. އަދި އެހުށަހެޅުމަށް ތާއީދުކޮށްފައިވަނީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު، ހުސެން ޝަހީމްއެވެ. 

ހުއްދެއް ނެތި ދަރަނި ނެގުމާއި ހައްދެއް ނެތި، އެމްއެމްއޭއިން އޯވަޑްރޯ ކުުރުން މަނާކޮށްފައި އޮތީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) އިންނެވެ. ސަރުކާރުން 2020 ވަނަ އަހަރު ހުށަހެޅީ އެ މާއްދާތައް ސަސްޕެންޑްކޮށް، ހަތަރު ބިލިއަން ރުފިޔާ ޗާޕްކުރަން ހުއްދަ ހޯދުމަށެވެ. މިހާލަތުގައި އިތުރު ރުފިޔާ ޗާޕް ކުރެވޭ ގޮތަށް ދީފައި އޮތް ހުއްދަ އޮތީ އެއް އަހަރުގެ މުއްދަތަކަށެވެ. މި މުއްދަތު މިމަހުގެ 26ވަނަ ދުވަހަށް ހަމަވާތީ އެމުއްދަތު އިތުރު އެއް އަހަރަށް ދަންމާލުމަށް ފިނޭންސް މިނިސްޓްރީ އިން ރައްޔިތުންގެ މަޖިލީހުގައި އެދި ސިޓީ ފޮނުވާފައިވަނީ މިމަހުގެ ނުވަވަނަ ދުވަހުއެވެ. 

އެސިޓީގައި ބުނެފައިވަނީ ހުއްދަ އެއް އަހަރު ދުވަހަށް ދީފައި އޮތުމުން މިދިޔަ އަަހަރު ދައުލަތުގެ ހިންގުމަަށް ބުރޫ ނާރުވައި ކުރިއަށް ގެންދެވުނު ކަމަށާއި ބަލިމަޑުކަމުގައި ފަރުދުންނާއި ވިޔަފާރިތަކަށް ކުރިމަތިވި ގެއްލުންތަކުގައި އެހީ ވެވުނީ ވެސް އެ ހުއްދައިގެ ސަބަބުން ކަމަށެވެ. އަދި ކޮވިޑް-19 އާ ހެދި ސިއްހީ ކަންކަމަށާއި ރައްކާތެރިކަމަށް ކުރަން ޖެހުނު ހަރަދުތައް ވެސް ކުރެވުނީ މި ހުއްދަ ދެވިފައި އޮތުމުން ކަމަށް ވެސް އެ ސިޓީގައި މިނިސްޓަރު ވިދާޅުވިއެވެ.


100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް