އެ މިނިސްޓްރީން ބުނީ، ޒިކުރާ މިސްކިތް ހުރި ބިމުގައި އަޅާ ވަގުތީ މިސްކިތް މިހާރު ހުރީ ތަޅުން އަޅާ ހިޔާކޮށް ނިމިފައި ކަމަށާއި މި ހުކުރުގައި އެ މިސްކިތުގައި ނަމާދުކުރަންފެށޭވަރުވާނެ ކަމަށެވެ. ޒިކުރާ
ކުރީގެ ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް ރޯދަމަސް ފެށުމުގެ ކުރިން އަޅަން އުޅުނު ނަމަވެސް، އެ މަސައްކަތް ކުރުމަށް އެ ސަރަހައްދު ކޮންނަމުން ދަނިކޮށް ސަގާފީ ބައެއް ތަކެތި އަދި އިންސާނުންގެ ކަށިތަކެއް ފެނުމާއި ގުޅިގެން މަސައްކަތް އޮތީ ހުއްޓާލާފައެވެ.
އެތަން ސާފުކޮށް މަސައްކަތް ފެށުމަށް ހެރިޓޭޖް މިނިސްޓްރީން ފަހުން ހުއްދަދިން ނަމަވެސް އެތަނުގެ އަޑިން ގަބުރު ކަށިތަކެއް ފެނުމުން އެތަނުގައި އިތުރު ކަށިތަކެއް ނެތްކަން ޔަގީން ކުރުމަށްފަހު ނޫނީ މަަސައްކަތް ނުފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ.
އެފަހުން މިސްކިތް ސާފުކުރުމުގެ މަސަައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ބައެއް އިލުމުވެރިން ވެސް އެސަރަހައްދަށް ޒިޔާރާތްކުރެއްވިއެވެ. އަދި އިއްޔެގެ ވަގުތެއްގައި ނައިބު ރައީސް ވެސް ވަނީ އެ ސަރަހައްދަށް ވަޑައިގެން މަސައްކަތް ކުރިއަށް ގެންދާގޮތް ބައްލަވާލައްވާފައެވެ.