ads
މީޑީއާނެޓް
ސީއެންއެންގެ ރިޗާޑް ކުއެސްޓް އެކްސްޕްލޯސްއަށް ރާއްޖެ
ސީއެންއެންއިން ދައްކާ ރިޗާޑް ކުއެސްޓްސް އެކްޕްލޯސްގެ ކުއެސްޓްސް ވޯލްޑް އޮފް ވޮންޑާގައި ދިވެހިރާއްޖެ ފީޗާ ކުރާ ހާއްސަ އެޕިސޯޑެއް ޕްރިމިއާ ކުރަން ނިންމައިފިއެވެ.

ސީއެންއެންގެ މީޑިއާނެޓް ޗެނަލް 110 އިން މި ޕްރޮގްރާމް ދައްކަން ހަމަޖެހިފައި ވާއިރު، މިޕްރޮގްރާމްގެ ޕްރެޒެންޓާ ވަނީ ރާއްޖެ އައިސް އެއަށް ބޭނުންވާ ވީޑިއޯތައް ނަގާފައެވެ. 

އެގޮތުން މި ދަތުރުގައި އޭނާ ވަނީ ރާއްޖޭގެ ފުރަތަމަ ރިސޯޓު "ކުރުނބާ" ގެ ފައުންޑާ މުހައްމަދު އުމަރު މަނިކާވެސް ބައްދަލުކޮށް ވާހަކަދައްކާފައެވެ. އަދި މީގެ 50 އަހަރު ކުރިން މި ރިސޯޓު ހެދިއިރު ދިމާވި ދަތިތަކާ، އެއީ ރާއްޖޭގެ ފުރަތަމަ ރިސޯޓު ކަމަށް ވުމުން މަސައްކަތް ކުރުމުގައި އާ ވާނެ ކަމަށް ވާއިރު ވިސްނުން ގެންގުޅުނު ގޮތާމެދު ވަނީ ވާހަކަ ދައްކާފައެވެ. 

މީގެ އިތުރުން އޭނާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ބައްދަލުކޮށް، 2009 ވަނަ އަހަރުގައި ބޭއްވުނު ކަނޑު އަޑީގެ ކެބިނެޓްް ބައްދަލުވުމާއި ބެހޭގޮތުން ވާހަކަ ދައްކާފައެވެ. މި ބައްދަލުވުމުގައި ބޮޑަށް މަޝްވަރާ ކުރެވިގެން ދިޔައީ އަތޮޅުތެރެއާއި، ފަރުތައް ރައްކާތެރިކޮށް، ކަނޑު އަޑިއާއި ރަށްތަކުގެ ދިރުންތައް ރައްކާތެރި ކުރުމާއި ބެހޭގޮތުންނެވެ. 

އަދި ރީތިރަށް ރިސޯޓަށް ގޮސް، އެރިސޯޓުގެ މެނޭޖަރު ޑެނިސް ސްމިތް އާއި އޭނާގެ ފިރިމީހާ އަލީ އާމިރާއި ވެސް ކުއެސްޓް ވަނީ ބައްދަލު ކޮށްފައެވެ.  

ދަތުރު ނިންމާލުމުގެ ކުރިން އޭނާ ވަނީ ރާއްޖޭގެ މަޝްހޫރު ޑައިވަރު ހުސެން ރަޝީދާއި ބައްދަލުކޮށް، ސްނޯކްލިންގެ ކަންތައްތަކާމެދު ދެމީހުންގެ ހިޔާލު ބަދަލު ކޮށްފައެވެ. 

މި ފީޗާގެ ޓްރެއިލާ މިހާރު ޔޫޓިއުބުން ފެންނަން ހުންނާނެއެވެ. އަދި ފީޗާ ކުރުން އޮންނާނީ 24 އޭޕްރީލްވާ ހޮނިހިރު ދުވަހުގެ ރޭ 10:30 ގައެވެ. 

25 އެޕްރިލް އިން ފެށިގެން 5 މެއި އާ ހަމަޔަށް ގިނަ ދުވަހު މި ޕްރޮގްރާމުގެ ރިޕީޓް ދައްކާ ގޮތަށް ހަމަޖެހިފައި ވާއިރު، މީޑިއާނެޓް މަލްޓި ސްކްރީނުން ބޭނުން ގަޑިއަކު ބެލެން ހުންނާނެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް