ads
ރަސްމީ ނަތީޖާ އިއުލާންކުރަނީ
އިންތިހާބު ރަސްމީ ނަތީޖާ އިއުލާންކުރަން ފަށައިފި
މި ފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގެ ރަސްމީ ނަތީޖާ އިލެކްޝަން ކޮމިޝަނުން އިއުލާންކުރަން ފަށައިފި އެވެ.

މިވަގުތު އީސީ އިން އިއުލާނުކުރަމުން ދަނީ ށ. އަތޮޅު ކައުންސިލްއާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރަސްމީ ނަތީއްޖާއެވެ.

ގާނޫނުގައި ބުނާގޮތުން އިންތިހާބު ބާއްވާތާ 14 ދުވަސްތެރޭ ރަސްމީ ނަތީޖާ އިއުލާންކުރަންޖެހެއެވެ. ގާނޫނުގައި ބުނާ މުއްދަތުގައި ރަސްމީ ނަތީޖާ އިއުލާންކުރާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.

އެހެންކަމުން މިއަދު އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރަން ފަށާފައިވާއިރު، ވޯޓު އެެއްވަރު ވެގެން އިންތިހާބުގެ ދެވަނަ ބުރު ބާއްވަންޖެހޭ ދާއިރާތައްވެސް މިހާރު ވަނީ އިއުލާންކޮށްފައެވެެ. 

އިންތިހާބާ ގުޅިގެން ލިބިފައިވާ ޝަކުވާތަކާއި ގުޅިގެން އެ ކޮމިޝަނުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު ދެ ރަށެއްގައި އަލުން އިންތިހާބު ބާއްވަން ވަނީ ނިންމާފައެެވެ. އެ ދެރަށަކީ ތ. ގާދިއްފުށްޓާއި ލ. މާވަށެވެ.

އިންތިހާބުގެ އަލުން އެދެރަށުގައި ކުރިއަށް ގެންދިޔަ ނަމަވެސް އިންތިހާބުގައި ވޯޓް ދެވޭނީ ކުރީން ވެސް ވޯޓް ލިސްޓްގައި ހިމެނޭ މީހުނަށެވެ. އަދި ވޯޓްލާނެ ދުވަހެއް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް އީސީން ވަނީ ބުނެފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް