ads
ހިޔާ މަޝްރޫއުގެ ފްލެޓުތަކެއް-- ފޮޓޯ: ސީއެންއެމް
ހިޔާ ފްލެޓްތަކުގެ ބާކީހުރި ކެޓަގަރީތަކުގެ ގުރުއަތުން ނެގުން އާދިއްތަ ދުވަހުގައި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން ތަރައްގީ ކޮށްފައިވާ ހިޔާ ފްލެޓުތައް ލިބުނު މީހުންގެ މެދުގައި ނަގާ ގުރުއަތު ނެގުމުގެ ދެވަނަ ބުރު އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް އެޗްޑީސީން ނިންމައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ހިންގާ މަޝްރޫޢުގެ ދަށުން ހުޅުމާލެ ފޭސް 2 ގައި އިމާރާތް ކޮށްފައިވާ 6720 ފުލެޓް ލިބިފައިވާ ފަރާތްތަކަށް، ލިބެނީ ކޮން ފުލެޓެއްކަން ކަނޑައެޅުމަށްޓަކައި ފުލެޓް ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތުނަގައި، އެފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ސަރުކާރުންވަނީ އެކޯޕަރޭޝަނާއި ހަވާލުކޮށްފައިވާ ކަމަށެވެ.


އެހެންކަމުންހިޔާ ފުލެޓްގެ ގުރުޢަތުގެ ދެވަނަ ބުރު 25 އޭޕްރީލް 2021 (އާދިއްތަ) ދުވަހު ފެށުމަށް ވަނީހަމަޖެހިފަކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

އެގޮތުން ގުރުއަތުނަގާނީ H4 (ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ)، H5 (ޓީޗަރުންނަށް ހާއްސަ)، H6 (އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ)،H7 (18އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ)، H8 (މާލޭ ރަށްވެހިންނަށް ހާއްސަ)، H9 (މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ހާއްސަ) އަދި ސިވިލް ސާވިސް މުވައްޒަފުންނަށް ހާއްސަ ފަންނީ، އިދާރީ، ސަޕޯޓްގެ) ކެޓަގަރީތަކަށް ބުނެފައި ވެއެވެ.

މީގެ އިތުރުން، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން އަރަބިއްޔާ އަދި ގާކޮށިން ފުލެޓުލިބި، ފުލެޓަށް ފައިސާނުދެއްކިގެން ފުލެޓު ލބިފައިނުވާ ފަރާތްތަކުގެ ތެރެއިން ހިޔާ ފުލެޓު ހިޔާރުކޮށްފައިވާ ފަރާތްތަކާއި، ގުޅީފަޅު ފުލެޓް ގަނެފައިވާ ފަރާތްތަކުގެ ތެރެއިން ހިޔާ ފުލުޓް ހިޔާރުކޮށްފައިވާ ފަރާތްތަކުގެ ގުރުއަތުވެސް މިބުރުގައި ކުރިއަށްގެންދެވޭނެ ކަމަށް ވެސް އެޗްޑީސީން ބުނެފައި ވެއެވެ. 

އެހެންކަމުން އެ ކެޓެގަރީތަކަށް ގުރުއަތުނަގާނީ މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ސަރުކާރު ބަންދުނޫން ކޮންމެދުވަހެއްގައި ދެ ދަންފަޅިއަކަށް ބަހާލައިގެން ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.


ފުރަތަމަ ދަންފަޅި އޮންނާނީ ހެނދުނު 9:00 އަކުން ފެށިގެން މެންދުރު 12:00 އަށް އަދި ދެވަނަ ދަންފަޅި އޮންނާނީ މެންދުރުފަހު 13:00 އަކުން ފެށިގެން ހަވީރު 15:00 އަށް ކަމަށް އެޗްޑީސީން ވަނީ ހާމަކޮށްފަ އެވެ.

އެ ގުރުއަތުލުމުގައި، ނެގުނު ފުލެޓާއި، ފުލޯ އާއި ޓަވަރު އިނގޭގޮތަށް ޓީވީ ސްކްރީނުން ދައްކާނެ އެވެ. އެޗްޑީސީން ބުނީ، ފުލެޓް ލިބުނު ފަރާތުން ދެއްވާފައިވާ ފޯނުނަމްބަރަށް SMS އެއް ލިބިލައްވާނެ ކަމަށާއި، މި SMS ގައި ނެގުނު ފުލެޓް، ޓަވަރު، ފުލޯ ހިމެނިފައިވާނެ ކަމަށެވެ. 

އަދި މެސެޖުގައިވާ ލިންކު މެދުވެރިކޮށް ނެގުނު ފުލެޓްގެ އިތުރު މައުލޫމާތު ފެނިލައްވާނެ ކަމަށްވެސް އެޗްޑީސީން މައުލޫމާތު ދެއެވެ.  

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގެ ފޭސް ދޭއްގައި އިމާރާތްކުރަން ފެށި، ހިޔާ މަޝްރޫއުގެ ދަށުން 7000 ފްލެޓް އަޅަން ނިންމި އެވެ. އެކަމަކު 16 އިމާރާތުގައި ހުރި ދެ ކޮޓަރީގެ ފްލެޓްތަކުގެ އަދަދަކީ މިހާރު 6720 އެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް