ads
ކޮވިޑް ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވަނީ--
އަތޮޅުތެރެއަށް ދާ މީހުންނަށް ފްލޫ ކްލިނިކުން ހިލޭ ޕީސީއާރް ޓެސްޓު ހެެއްދޭނެ
އަތޮޅުތެރެއަށް ދިއުމަށް ޕީސީއާރް ޓެސްޓު ބޭނުންވާ މީހުންނަށް، ފްލޫ ކްލިނިކްތަކުން ހިލޭ ޕީސީއާރް ޓެސްޓު ހެއްދޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ވެކްސިން ކްލަސްޓަރުގެ ފަރާތުން މައުލޫމާތު ދެއްވަމުން ފާތިމަތު އަނާ ވިދާޅުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެކްސިން ކްލަސްޓަރގެ ފަރާތުން މައުލޫމާތު ދެއްވަމުން ފާތިމަތު އަނާ ވިދާޅުވީ މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް، އާބާދީގެ %60 އިން މައްޗަށް ދެވިފައިވަނީ 120 ރަށުގައިކަމަށެވެ.

އެޗްޕީއޭގެ އުސޫލުގައިވާގޮތުން ކަރަންޓީންވުމަކާ ނުލާ ރަށަކަށް ދެވޭނީ، އެ ރަށެއްގެ އާބާދީގެ %60 މީހުން، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާނަމައެވެ. އެކަން  ފާހަގަކުރައްވަމުން އަނާ ވިދާޅުވީ ރާއްޖޭގައި ވެކްސިންގެ ދެވަނަ ޑޯޒް ދޭން ފެށީ މިމަހުގެ 3 ވަނަ ދުވަހުގައި ކަމަށް ވާއިރުގައި އާބާދީގެ %60 އަށް ދެވަނަ ޑޯޒްގެ ވެކްސިން ދީފައިވާ ރަށެއް އަދި ނެތް ކަމަށެވެ.

އާބާދީގައި %60މީހުންނަށް ވެކްސިން ދީފައި ނުވާ ރަށްރަށަށް ކަރަންޓީނާ ނުލާ ދަތުރުކުރެވޭނީ، ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށްފަހު 2 ހަފްތާ ވެފައިވާ މީހުންނަށް ކަންވެސް  އަނާ ފާހަގަކުރެއްވިއެެވެ. 

"ރަށްރަށަށް ދާއިރު ނެގެޓިވް ޕީސީއާރް ގެންދަންޖެހޭނީ ވެކްސިން ޖެހުމަށް ޝަރުތު ހަމަނުވާ ކުދިން. އަދި ސާމްޕަލް ޕޮޒިޓިވް ރޭޓް %5 އިން މަތީގައި ހުރި ރަށަކުން، އެހެން ރަށަކަށް ދަތުރުކުރާ މީހުން." އަނާ ވިދާޅުވި އެވެ.



އޭނާ ވިދާޅުވީ ނަގާ ސާމްޕަލްއިން ޕޮޒިޓިވްވާ މިންވަރު %5 އިން މަތީގައި ހުންނަ ރަށަކުން އެހެން ރަށަކަށް ދެވޭނީ ޓެސްޓުކޮށް ނެގެޓިވް ނަތީޖާ ހިފައިގެން ކަމަށާއި، ވެކްސިން ޝަރުތު ހަމަ ނުވާ މީހުންވެސް ނެގެޓިވް ޕީސީއާރް ޓެސްޓް ބޭނުންވާނެ ކަމަށެވެ.

ރަށްރަށަށް ދާން ޕީސީއާރް ޓެސްޓް ހެދޭނެ ހިލޭ ފްލޫ ކްލިނިކްތަކުން. އެއީ މިހާރުވެސް ރިލީސް ސާމްޕަލް ނަގާ ކްލިނިކްތައް." އަނާ ވިދާޅުވިއެވެ"

ރާއްޖޭގައި ކޯވިޑް ވެކްސިން ޖަހަން ފަށާފައިވަނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. އަދި ދެވަނަ ޑޯޒް ޖަހަން ފެށީ މިމަހުގެ ތިން ވަނަ ދުވަހުގަ އެވެ.

މިހާތަނަށް ރާއްޖޭގައި ޖުމުލަ 287،171 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައެވެ. އަދި ދެވަނަ ޑޯޒު ޖަހާފައިވަނީ ޖުމްލަ 62،586 މީހެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް