އަރްޖުން އޭނާ ކޮވިޑް 19 ރަނގަޅުވެފައިވާކަން އިއުލާނުކޮށްފައި ވަނީ އިންސަޓާގްރާމްގައި ކުރި ޕޯސްޓެއްގަ އެވެ.
އަރުޖުން ބުނެފައި ވަނީ ކޮވިޑަކީ ވަރަށް ވެސް ބިރުވެރި ބައްޔެއް ކަމަށާއި އޭނާ މިހާރު ރަނގަޅުވުމުން އެކަމަށް ޝުކުރުވެރިވާ ކަމަށެވެ.
އަދި އޭނާ ވަރަށް އަވަހަށް ވެކްސިން ޖަހަންދާނެ ކަމަށާއި ވެކްސިން ޖެހޭ އުމުރު ފުރައިގައިވާ ހުރިހާ ފަރާތްތަކުން ވެސް އަވަހަށް ވެކްސިން ޖަހަން ދިއުމަށް އަރްޖުން ވަނީ އެދިފަ އެވެ.
އިންޑިއާގެ ކޮވިޑްގެ ހާލަތު މިހާރު އަނެއްކާވެސް ދަނީ ގޯސް ވަމުންނެވެ. އެގޮތުން މިހާރު އެ ގައުމު ވަނީ އަނެއްކާވެސް ޑަބްލިއުއެޗްއޯގެ ރަތް ލިސްޓުގެ ގައުމުތަކުގައި ތެރޭގައި ހިމެނި ފައެވެ.
އިންޑިއާގައި ކޮވިޑް ހަލުވި ކަމާއެކުގައި ފެތުރެމުން ދާތީ އެގައުމުގެ ގިނަ ސިޓީތަކެއް ވަނީ ލޮކްޑައުންގެ ހާލަތު އިއުލާން ކޮށްފައެވެ.