ads
ތ. ކިނބިދޫ ---
ރޯދަ ރަށުންރަށަށް: ކިނބިދޫގައި ހަނދު ބަލާ ދުވަހު ބަތް ޖެހުން
ރާއްޖެއަކީ މުއްސަނދި ސަގާފަތެއް އޮންނަ ގައުމެކެވެ. ތަފާތު އެކި މުނާސަބަތުގައި ހާއްސަ ހަރަކާތްތައް އެކި ރަށްރަކުގައި ކުރެ އެވެ.

އެގޮތުން ރަމަޟާން މަހަށް ހާއްސަކޮށް ތ.ކިނބިދޫ އިހުޒަމާނުގައި ވަރަށް ހާއްސަ ދަފާތުކަމެއް ކުރެ އެވެ.

ކިނބިދޫ ކައުންސިލްގެ ރައީސް ހަސަން މުހައްމަދު ވިދާޅުވީ އެރަށުގައި 1970 ގެ އަހަރުތަކުގައި ރޯދައަށް ހަނދު ސާބިތުވާ ރެއަށް ރަށުގެ އެންމެން ވެސް ތިބެނީ ބަތް ޖެހުމަށް ތައްޔާރު ވެގެންނެވެ.

މުހައްމަދު ވިދާޅުވީ ބަތް ޖެހުމަކީ ވެލިން ގޭގެ ދޮރުމަތީގައި ކުރާ ހާއްސަ ކަމަކަށް އެރަށު މީހުން ކިޔާނަމެއް ކަމަށެވެ.

ގޭގެ ދަރުމަތީގައި ގޮނޑުދޮށުން ވެލި ނަގައިގެން ތެއްޔަކަށް އަޅައިގެން ގެނެސް، ބޮޑު ގުއްބެއް ޖަހަ އެވެ. އަދި އެ ބޮޑު ގުއްބުގެ ކައިރީގައި ދޮންވެލިން ކުދި ގުއްބު ޖަހަ އެވެ. އަދި މެދުގައި އިންނަ ބޮޑު ގުއްބުގައި ހަނދު ސާބިތުވުމާ އެކުގައި ދުންދަނޑި ޖަހާ ރޯކުރާ ކަމަށް މުހައްމަދު ކިޔާދިނެވެ.

މުހައްމަދު ކިޔާދިން ގޮތުގައި އޭނާ ކުޑައިރުގައި ރަށުގައި އެކަން ކުރަމުން އައި ނަމަވެސް މިހާރު އެސަގާފަތް ނޯންނަ ކަމަށެވެ.

ރޯދަ މަހަށް އިހު ޒަމާނުގައި ގެއާއި ގޯތިތެރޭގައި ވެލިލުމާއި ގެއަށް ބޭނުންވާ ދަރު އަދަބުވެސް ކުރިއާލާ އެއްކުރާ ކަމަށް މުހައްމަދު ކިޔާދިނެވެ.

މުހައްމަދު ކިޔާދިން ގޮތުގައި ރަށުގައި މިހާރު ރޯދަމަހުގައި މާ ހައްސަކަމެއް ކޮށެއް ނޫޅެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް