ads
ޒްލަޓާން ކޮންޓްރެކްޓްއާ ކުރުމުގެ ތެރެއިން
ސާޅީސް އަހަރުވާން ގާތްވެފައިވަނިކޮށް ޒްލަޓާން ކޮންޓްރެކްޓް އާކޮށްފި
އޭސީ މިލާނުގެ ތަޖުރިބާކާރު ފޯވާޑް، ސްވިޑިންގެ ޒްލަޓާން އިބްރޮހަމަވިޗް، އަނެއްކާވެސް އިތުރު އެއް އަހަރު ދުވަހު އޭސީ މިލާންގައި މަޑު ކުރަން އެއްބަސްވެ، ކޮންޓްރެކްޓްގައި ސޮއިކޮށްފިއެވެ.

އުމުރުން ސާޅީސް އަހަރުވާން ގާތްވެފައވާ ޒްލަޓާން، އޭސީ މިލާނާއެކު އާ އެއްބަސްވުމުގައި ސޮއިކޮށް އެކަން ހާމަކުރީ ހުކުރު ދުވަހުއެވެ.

ޔޫރަޕުގައި ކާމިޔާބު ކެރިއަރަކަށް ފަހު އެމެރިކާގައިވެސް ކުޅުމަށް ފަހު އަލުން އެނބުރި ދެވަނަ ފަހަރަށް އޭސީ މިލާނަށް ޒްލަޓާން އައީ ދެހާސް ނަވާރަވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އޭނގެ ފަހުން އެއް ސީޒަން ފުރިހަމަ ކުރުމަށް ފަހު އަނެއްކާ ދެވަނަ ފަހަރަށް ކޮންޓްރެކްޓް އާ ކުރީއެވެ. އޭސީ މިލާންގެ އާ ކޮންޓްރެކްޓްގައި ސޮއި ކުރުމަށް ފަހު ޒްލަޓާން ބުނީ، މުޅި އުމުރަށްވެސް އެ ކްލަބުގައި މަޑު ކުރަން އޭނާގެ އެއްވެސް މައްސަލަ އެއް ނެތް ކަމަށެވެ.

އުމުރުން ދުވަސްވެފައިވީ ނަމަވެސް ޒްލަޓާން އަންނަނީ އަދިވެސް ވަރުގަދަ ކުޅުމެއް ދައްކަމުންނެވެ. އުމުރުން ތިރީސް ނުވަ އަހަރު މިހާރު ފުރި، ސާޅީހާ ގާތްވެފައިވާ ޒްލަޓާންވަނީ މި ސީޒަންގައި މިހާތަނަށް ސަތާރަ ލަނޑު ޖަހާފައެވެ. އަދި މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ޒްލަޓާންވަނީ އަލުން އެނބުރި ސްވިޑްންގެ ގައުމީ ޓީމަށް ކުޅެން ފަށާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް