ads
ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން-- ފޮޓޯ: ވަން އޮންލައިން/ އައުޒަމް
ފޮތްކިޔުމަކީ އިންސާނާގެ ސިކުނޑި ހުޅުވައިދޭ ކަމެއް: މިނިސްޓާރު ޔުމްނާ
ފޮތްކިޔުމަކީ އިންސާނާގެ ސިކުނޑި ހުޅުވައިދޭ ކަމެއްކަމަށް އާޓްސް މިނިސްޓަރު މިނިސްޓަރު ޔުމްނާ މައުމޫނު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ފާހަގަކުރެވެމުންދާ ދުނިޔޭގެ ފޮތާއި ކޮޕީރައިޓްގެ ދުވަހުުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި މިނިސްޓަރު ވިދާޅުވީ  ކޮވިޑް-19އާ މުޅި ދުނިޔެ ހަނގުރާމަ ކުރާ މި ބިރުވެރި ދުވަސްވަރު ފޮތް ކިޔުމާއި، ކިޔައިދިނުމާއި ފޮތްތެރިކަމުގެ މުހިންމުކަން އިހުނަށްވުރެ ބޮޑަށް އިޙުސާސް ކުރެވޭކަމަށެވެ.

"ފޮތްކިޔުމަކީ އިންސާނާގެ ސިކުނޑި ހުޅުވައިދޭ ކަމެއް. އާ ކަންކަމަށް އިންސާނާ ވިސްނާ ފިކުރުކުރަން ދަސްކޮށްދޭ މަސްދަރެއް،" މިނިސްޓަރު ޔުމްނާ ވިދާޅުވިއެވެ.

މި އާލަމީ ވަބާއިން ރައްކާތެރިވުމުގެ ގޮތުން މީހުން އެއްވެއުޅޭ އާންމު ތަންތަނަށް ނިކުމެ ނޫޅުމުގެ ސަބަބުން އަޅުގަނޑުމެންނަށް ފޮތް ކިޔުމަށް ވަގުތު ލިބިގެންދިއުމާއެކު ފޮތް ކިޔުމަށާއި ފޮތުން މަޢުލޫމާތު އުނގެނުމަށް ލިބިފައިވާ މިފުރުސަތުގެ ބޭނުން ރަނގަޅަށް ހޯދަންޖެހޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް