ads
ލ މާންދޫ - ފޮޓޯ ހޮރައިޒަން ފިޝަރީޝް
އެއް ފަހަރާ ގިނަ ކޭސްތަކެއް ފެނި، މާންދޫއަށް އަރާ ފޭބުން މަނާކޮށްފި
ލ. މާންދޫ އިން މީހަކު ކޮވިޑް-19 ޕޮޒިޓިވްވެ އެރަށް މޮނީޓަރިންއަށް ލައިފިއެވެ.

ސީއެންއެމްއަށް މައުލޫމާތު ދެމުން  ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލުން ބުނީ އިއްޔެގެ ވަގުތެއްގައި 20 މީހެއް ބަލީގެ އަލާމާތް ހުރެގެން ޓެސްޓުކުރި ކަމަށެވެ. ޓެސްޓު ކުރެވުނު މީހުންގެ ތެރެއިން އަށް މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި ކަމަށެވެ. 

ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ ހުސް ބިދޭސީން ކަމަށް އެރަށު ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

އެއާއެކު އެރަށް މިހާރު މޮނީޓަރިންއަށް ލާފައިވާ ކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މާންދޫން އަށް މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އިއްޔެ ރާއްޖެއިން 164 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މާލެއިން 67 ޕޮޒިޓިވްވެފައިވާއިރު އަތޮޅުތެރެއިން 68 މީހެއް ޕޮޒިޓިވްވެފައިވެ އެވެ. އަދި ރިސޯޓުތަކުން 24 މީހެއް ޕޮޒިޓިވްވި އިރު އިންޑަސްޓްރިއަލް ރަށްތަކުން ދެ މީހަކު ޕޮޒިޓިވްވެފައިވެއެވެ. މީގެ އިތުރުން ފެލިވަރުން ތިން މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެެވެ. 

މިއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 27،084 އަށް އަރާފައެވެ. އަދި މި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 24،065 އަށް އަރާފައެވެ.

މިހާރު ރާއްޖޭގައި އެކްޓިވް ކޭސްތަކުގެ އަދަދު 2،939 ގައި އުޅޭއިރު، މީގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން 90 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށް އެޗްޕީއޭއިން ބުނެއެވެ. 

މިހާތަނަށް ރާއްޖެއިން ކޮވިޑް ބަލީގައި މަރުވެފައި ވަނީ 71 މީހެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް