ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން އޭދަފީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ރަޝީދު ވިދާޅުވީ މިއަދާހަމަޔަށް އެރަށުން ޖުމްލަ 37 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އޭގެ ތެރެއިން 24 މީހަކު ޕޮޒިޓިވްވެފައިވަނީ ރޭގަ ކަމަށް ވިދާޅުވަމުން ރަޝީދު ވިދާޅުވީ އޭގެ ކުރީ ދުވަހު 12 މީހުން އެރަށުން ޕޮޒިޓިވްވި ކަމަށެވެ.
ޕޮޒިޓިވްވި މީހުންގެ ތެރޭގައި ޖެންޑާ މިނިސްޓްރީގެ ހަތް މުވައްޒަފުން ހިމެނޭ ކަމަށާއި މީގެ ތެރޭގައި ސްކޫލްތަކުގައިއާއި އިދާރީ މަސައްކަތުގައި އުޅޭ މީހުންވެސް ހިމެނޭކަމަށް ރަޝީދު ވިދާޅުވިއެވެ.
އަދި އެރަށު ސްކޫލުން ރޭންޑަމް ސާމްޕަލް ނެގުމުން ސްކޫލުން ވެސް ބައެއް ސާމްޕަލްތައް ޕޮޒިޓިވްވެފައިވާ ކަމަށް ރަޝީދު ވިދާޅުވިއެވެ.