ads
ޖޯނީ ޑެޕް އާއި އެންބާ ހާޑް
ޖޯނީ ޑެޕްގެ މައްސަލަ ބާތިލްކުރޭ: އެމްބާ ހާޑް
ޖޯނީ ޑެޕް އެމެރިކާގައި ހުށަހަޅާފައިވާ މައްސަލަ ކޯޓުން ބާތިލްކުރުމަށް އެމްބާ ހާޑް ގޮވާލައިފިއެވެ.

މިދިޔަ އަހަރު ހޮލީވުޑްގެ މަޝްހޫރު ދުވަސްވީ އެކްޓަރު، ޖޯނީ ޑެޕްވަނީ ޔޫކޭގެ ނޫސް މަޖައްލާއެއް ކަމަށްވާ ދަ ސަން އާއި ދެކޮޅަށް ހުށަހެޅި ކޯޓު މައްސަލައެއްގައި ބަލިވެފައެވެ. މިމައްސަލަ ޑެޕް ހުށަހަޅާފައި ވަނީ އޭނާގެ ކުރީގެ އަނބިމީހާ އަދި ހޮލީވުޑް އެކްޓަރު، އެމްބާ ހާޑް އާ މެދު ޖެހިފައިވާ ނުހައްގު ގެވެށި އަނިޔާގެ މައްސަލައެއްގައި ހާޑްގެ ކޮޅަށް ބަރޯސާވެ ދަ ސަން ނޫހުން ޑެޕްއަކީ "ވައިފް ބީޓާ" ނުވަތަ އަނބިމީހާއަށް އަނިޔާ ކުރާ މީހެއްގެ ދަށު ދަރަޖައިގެ ލަގަބު އަޅުވުމުންނެވެ.

ދާދި ފަހުން ޑެޕްވަނީ އެމްބާ ހާޑްއާ ދެކޮޅަށް 50 މިލިއަން ޑޮލަރުގެ (36 މިލިއަން ސްޓާލިންގް ޕައުންޑް، 775 މިލިއަން ރުފިޔާ) އަބުރަށް އަރައިގަތުމުގެ ދައުވާ އެމެރިކާ ކޯޓަށް ހުށަހަޅާފައެވެ. ޑެޕް މި ފިޔަވަޅު ނެގުމާއި ގުޅިގެން ޑެޕް ދަ ސަން އާއި ދެކޮޅަށް ދިޔަ ކޯޓް މައްސަލާގައި ޑެޕް ބަލިވި ކަމަށް އަލިއަޅުވާލާ، ހާޑްއާއި ދެކޮޅަށް ހުށަހަޅާފައިވާ އަބުރުގެ ދައުވާ ބާތިލްކޮށްލުމަށް ގޮވާލާ ހާޑް ހިޔާލު ފާޅުކުރިއެވެ.

ޑެޕް ހުށަހަޅާފައިވާ އަބުރުގެ ދައުވާ ވަނީ އެމެރިކާގެ ކޯޓުން 2022 ވަނަ އަހަރު މައްސަަލަ ބެލުމަށް ހަމަޖައްސާ ފައެވެ. މިމައްސަލަ ހުށަހަޅާފައި ވަނީ 2018 ވަނަ އަހަރު ހާޑް، އެމެރިކާގެ ނޫސް މަޖައްލާއެއް ކަމަށްވާ، ދަ ވޮޝިންގްޓަން ޕޯސްޓްގައި ގެވެށި އަނިޔާގެ ޝިކާރައަކަށް އޭނާ ވެފައިވާ ކަމަށް ބުނެ އާޓިކަލްއެއް ލިޔެފައި ވާތީއެވެ. ޑެޕް ދެކޭ ގޮތުގައި އެއާޓިކަލްގެ ސަބަބުން އޭނާއަށް ވަނީ މަޝްހޫރު ޕައިރޭޓްސް އޮފް ދަ ކެރިބީން ސާގާގައި އޭނާ އެތައް އަހަރެއް ވަންދެން އަދާކުރަމުން ދިޔަ ޖެކް ސްޕެރޯ ގެ ރޯލް އޭނާ އަތުން އަތުލާފައެވެ.



        

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް