ހަނާންއަށް އިންސްޓާގްރާމްގައި ވެސް ގިނަ ބައެއްގެ ސަޕޯޓް ވަނީ ލިބިފަ އެވެ. އެގޮތުން މިހާރު ވެސް 59.3 ހާސް މީހުން އޭނާއަށް ފޮލޯ ކުރެ އެވެ.
ދިވެހިންނަކީ އެމީހުންނަށް ކަމުދާ ތަރިނަށް ފާރަލާ ބަޔަކަށް ވާއިރު ހަނާންގެ ކޮންމެ ހަރަކާތަކަށް ވެސް އޭނާގެ ސަޕޯޓަރުން ފާރަލަ އެވެ.
އެގޮތުން ދާދިފަހުން ހަނާން އިންސްޓާގްރާމްގައި ފޯސްޓްކޮށްފައިވާ ދިވެހި ލިބާސް ލައިގެން ނަގާފައިވާ ފޮޓޯއަށް ވަނީ ގިނަބައެއްގެ ލޯތަށް ހުއްޓިފަ އެވެ.
އެގޮތުން ކަޅުކުލައިގެ ލިބާހެއްގައި ހަނާން އިށީދެގެން އިނީ ނުލާހިކު މައުސޫމް ކޮށެވެ. އަދި އޭނާ އިނީ ދުރަށް ބަލަހައްޓައިގެން ނެވެ.
ހަނާން ދިވެހިންގެ ތެރެއަށް މަޝްހޫރުވެފައި ވަނީ މޮޑެލެއްގެ ގޮތުގަ އެވެ. އަދި އޭނާއަށް އަންނަނީ ގިނަ ބައެއްގެ ސަޕޯޓާއި ލޯބި ލިބެމުން ނެވެ.