ads
އަޖޭ އާއި ކާޖަލް---
ކާޖަލް އާއި ރަށްޓެހިވުމުގެ ކުރިން އަޖޭ 3 މީހުންނާ ރަށްޓެހިވި
ކާޖަލްއާއި އަޖޭގެ ލޯބީގެ ވާހަކައަކީ ގިނަ ބަޔަކު ދައްކާ ވާހަކަ އެކެވެ. އެ ދެމީހުންގެ ލޯބިން ފޭނުން މިސާލު ނަގައެވެ.

އެދެމީހުން ކައިވެނި ކޮށްފައިވަނީ 1999 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުގަ އެވެ. އެމީހުންގެ ކައިވެންޏައް 22 އަހަރު ފުރިފައި ވާއިރު އެމީހުންނަށް ވަނީ ދެ ކުދިން ވެސް ލިބިފަ އެވެ.

އަޖޭ ކާޖަލް އާއި ކައިވެނި ކުރުމުގެ ކުރިން އޭނާ ވަނީ ބޮލީވުޑްގެ މަޝްހޫރު ތިން ބަތަލާއަކާ ރަށްޓެހިވެފަ އެވެ.

އެގޮތުން ކަރިޝްމާ އަދި ރަވީނާގެ އިތުރުން މިހާތަނަށް އަޖޭ ނަން ހާމަކޮށްފައިވާ އެހެން އެކްޓްރަސް އަކާ އޭނާ ވަނީ ރަށްޓެހިވެފަ އެވެ.

އެހެންނަމަވެސް އެ ހުރިހާ ގުޅުންތަކެއް މާ ގިނަ ދުވަސް ތަކެއް ނުވެ ރޫޅިއްޖެ ކަމަށް އަޖޭ ބުނެ އެވެ. އަދި އޭނާ އެންމެ ފަހުން ރައްޓެހިވި ބަތަލާ ކާޖަލްއާއި އަޖޭ ކައިވެނި ކުރީ އެވެ.

ކާޖަލް އާއި އަޖޭ ވަނީ، "އިޝްގު" އަދި "ޕިޔާރު ތޯ ހޯނާ ހީތާ" އަދި "އާއި "ދިލް ކިޔާ ކަރޭ" ފަދަ ފިލްމުތަކުގައި އެކުގައި މަސައްކަތްކޮށްފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް