ކަރީނާ ސައިފްއާ ރަށްޓެހިވުމުގެ ކުރިން އޭނާ ޝާހިދް ކަޕޫރް އާ ރަށްޓެހިވިކަން އެއީ އެންމެން ވެސް އަޑުއަހާ ބާވެފައިވާ ވާހަކަ އެކެވެ.
ނަމަވެސް ކަރީނާ އެންމެ ފުރަތަމަ ރަށްޓެހިވީ ޝާހިދަކާ ނޫނެވެ. އޭނާގެ އެންމެ ފުރަތަމަ ލޯބިވެރިއަކީ ރިތިކް ރޯޝަނެވެ.
އެ ދެމީހުން ރައްޓެހިވީ "ޔާދޭން" ފިލްމުގެ ޝޫޓިންގެ ތެރެއިން ދިމާވެގެނެވެ. އޭރުގައި ރިތިކް އުޅުނީ މީހާކާ ވެސް ކައިވެނި ކޮށްގެނެވެ.
އެހެންކަމުން ރިތިކާއި ކަރީނާ ލޯބީގެ ގޮތުން ގުޅުނުކަން ރިތިކްގެ ބައްޕައަށް އެނގުނު ހިސާބުން އެމީހުންގެ ގުޅުމަށް ނިމުމެއް އައެވެ.
ރިތިކްގެ ބައްޕަ ވަނީ ރިތިކް އަށް ކަރީނާ އެކުގައި ފިލްމު ނުކުޅުމަށް އިންޒާރު ދީފައި ކަމަށް ވެސް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައި ވެއެވެ.