ads
ފޮޓޯ--ރަންބީރު
ރަންބީރު 7 ބަތަލާއިންނާ ރަށްޓެހިވި
ރަންބީރު ކަޕޫރަކީ ބޮލީވުޑްގައި އޭނާ ކުޅެފައިވާ ފިލްމުތަކުގެ އިތުރުން އޭނާ ރައްޓެހިވާ އަންހެން ކުދިންގެ ސަބަބުން މަޝްހޫރުވެފައިވާ ތަރި އެކެވެ.

އޭނާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބަތަލާ އާލިއާ ބަޓް ހިމެނޭގޮތަށް މިހާތަށް ރަންބީރު ވަނީ ހަތް މަޝްހުރު ބޮލީވުޑް އެކްޓްރަސުންނާއި ރައްޓެހިވެފަ އެވެ.

އެގޮތުން މިހާރުގެ އިމްރާން ހާންގެ އަންހެނުން ކަމަށްވާ އަވަންތިކާ މަލިކާއި ރަންބީރު ވަނީ ކޮލެޖް ދުވަސްތަކުގައި ރަށްޓެހިވެފަ އެވެ. އަދި އެމީހުންގެ ގުޅުން ވަނީ "ޖަސްޓް މުހައްބަތް" ކުޅުނު އިރުގައި ވަރުގަދަ ވެފަ އެވެ. ނަމަވެސް އެންމެ ފަހުން ރަންބީރު އަވަންތިކާއާއި ރުޅިވީ އެވެ. އަދި އަވަންތިކާ އިމްރާންއާއި ކައިވެނި ކުރީ އެވެ.

your imageއަވަންތިކާ

ބޮލީވުޑްގެ މަޝްހޫރު އެކްޓާ އަނިލް ކަޕޫރްގެ އަންހެން ދަރިފުޅުކަމަށްވާ ސޯނަމް ކަޕޫރްއާ ވެސް ރަންބީރު ވަނީ ރައްޓެހިވެފަ އެވެ. އެމީހުން އެކުގައި"ސާވަރިޔާ" ފިލްމު ކުޅުނު އިރުގައި ރައްޓެހިވެގެން އުޅޭކަމުގެ އަޑުތައް ގަދަވި އެވެ. ނަމަވެސް އެކަމަށް އަދިއަދަށް ވެސް އޭގެން އެކަކުވެސް އެއްބަސް ވެފަ އެވެ ނުވެއެވެ.

your imageސޯނަމް ކަޕޫރް

ކަރިޝްމާގެ ކުރީގެ ފިރިމީހާގެ ކުރީގެ އަންހެނުން ކަމަށްވާ ނަންދިތާއާ ވެސް ރަންބީރު ވަނީ ރައްޓެހިވެފަ އެވެ. ނަމަވެސް އެމީހުންގެ ދެމެދުގައި އުމުރުގެ ތަފާތު ބޮޑުކަނުން އެންމެފަހުން އެމީހުން ރުޅިވީ އެވެ.

your imageނަންދިތާ

ރަންބީރުގެ އެންމެ މަޝްހޫރު ލޯބީގެ ގުޅުމަކީ ދީޕިކާއާއި އެކުގައި އުޅުނު ދުވަސްތަކުގެ ވާހަކަ އެވެ. އަދިވެސް ދީޕިކާގެ ކަރުގައި ރަންބީރު ރަމްޒުކޮށްދޭ "އާރްކޭ" ޓެޓޫ އިދެ އެވެ. އެމީހުން ރުޅިވާން ޖެހުނީ ރަންބީރު ދީޕިކާއަށް ބޭވަފާތެރިވީމަ އެވެ.

your imageދީޕިކާ

ރަންބީރު ވަނީ މަޝްހޫރު ބަތަލާ ކެޓްރީނާއާ ކައިފް އާ ވެސް ރައްޓެހިވެފަ އެވެ. އެމީހުންގެ ގުޅުމަށް ފޭނުންވެސް ވަރަށް ލޯބިކުރި އެވެ. ނަމަވެސް މައްސަލަތަކެއް ދިމާވެ ދެމީހުން ވަނީ ރުޅިވެފަ އެވެ.

your imageކެތްރީނާ

ނަރްގިސް އޭނާގެ ބޮލީވުޑްގެ ފުރަތަމަ ފިލްމު ރަންބީރްއާއި އެކުގައި ކުޅެފައިވާއިރުގައި އެމީހުން ވަނީ ލޯބީގެ ގޮތުން ގުޅިފަ އެވެ. އެމީހުން ރައްޓެހިވެގެން އުޅޭކަން ހާމަނުކުރި ނަމަވެސް އޭރުގައި އެކުއެކީގައި އެކިތަންތަނުން ވަނީ ދެމީހުންވެސް ފެނިފަ އެވެ.

your imageނަރްގިސް ފަހްރީ

ރަންބީރު މިހާރު އުޅެނީ އާލިއާއާ ރައްޓެހިވެގެނެވެ. އަދި އެ ދެމީހުން ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭކަމުގެ އަޑުތައްވެސް އަންނަނީ ގަދަވަމުން ނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް