ބްރައުނީ ތައްޔާރު ކުރުމަށް ފުރަތަމަ ޗޮކްލެޓުކޮޅު ކޮށާލާށެވެ. އެއަށްފަހު ތެއްޔެއްގައި 3 ޖޯޑު ފެން އުދާށެވެ. ފެން ހޫނުވެ ކެކެން ފެށުމުން ޗޮކްލެޓް ކޮޅު ބިއްލޫރި ތަށްޓަކަށް އަޅާފައި ދިޔާ ވަންދެއް ދޭފަތެއް ނުވަތަ ސަމްސަލެއް ބޭނުންކޮށްގެން ގިރާށެވެ. ޗޮކްލެޓް އެއްކޮށް ދިޔާ ވުމުން އުނދުން މަތިން ބާލައި ބަޓަރު ކޮޅު އެއްކޮށްލާށެވެ. އެއަށްފަހު ވަކިން ތައްޓަކަށް ހަކުރާ ބްރައުން ޝުގާ އެޅުއްވުމަށްފަހު 3 ބިސް ފަހަރަކު ބިހަކުން ބިހަކުން އެއްކުރާށެވެ. ކޮންމެ ބިހެއް އެޅުމަށްފަހު މަދުވެގެން 2 މިނެޓު ގިރަން ވާނެއެވެ. 3 ބިސް އަޅާ ނިމުމުން ހަކުރު ވިރެންދެން ރަނޅަށް ގިރާށެވެ. ދެން ލޮނު އަދި ވެނީލާ އެސެންސް ކޮޅު އެއްކޮށްލުމަށްފަހު ކުރިން ގިރާފައި ހުރި ޗޮކްލެޓުކޮޅުގެ ތެރެއަށް މި މިކްސް ވެސް އަޅާލުމަށްފަހު ރަނގަޅަށް އެކުވަންދެން ގިރާށެވެ. ދެން އޯލް ޕާޕަސް ޕައުޑާ އަޅާ ގިރާށެވެ. އެއަށްފަހު ކޮކޯ ޕައުޑަރުކޮޅު އަޅާ 3 މިނެޓު ވަންދެން ރަނގަޅަށް ގިރާށެވެ.
7 އިންޗި 7 އިންޗިހާ ވަރުގެ ޓްރޭ އެއްގައި ބަޓަރު ލާށެވެ. އެއަށްފަހު ޓްރޭ ތެރޭގައި ޕާޗްމެންޓް ޕޭޕާ އެޅުމަށްފަހު ތައްޔާރު ކުރި ޗޮކްލެޓް މިކްސް ޓްރޭއަށް އަޅާށެވެ. އެއަށްފަހު ޗޮކްލެޓް މިކްސް ރަނގަޅަށް އެއްވަރުކޮށްލުމަށް ޓްރޭ ކުޑަކޮށް ތަޅުވާލާށެވެ. ދެން އަވަން ހޫނުކޮށްލުމަށް ފަހު 180 ޑިގްރީ ސެލްސިއަސްއަށް 30 މިނެޓު ވަންދެން ފިހާށެވެ. ރަނގަޅަށް ފިހެ ނިމުމުން ފިނި ވަންދެއް ބަހައްޓާށެވެ. ބްރައުނީ ސާވް ކުރަން ވާނީ ވެނީލާ ނުވަތަ ޗޮކްލެޓް އައިސްކްރީމާ އެކުއެވެ.
ނޯޓް: ބްރައުނީ ކެފުމަށް ތައްޓަކަށް ހޫނު ފެން އެޅުމަށް ފަހު ކަފަން ބޭނުން ކުރާ ވަޅި ފެންފޮދު ތެރެއަށް ލާފައި ނަގާ ފޮހެލުމަށްފަހު ބޭނުން ކުރަން ފަސޭހަވާނެއެވެ.