ads
ގައުމީ ކުތުބުހާނާ އާ އާއްމު ހާލަތުގައި ހުޅުވާލަން ތައްޔާރުވެފައި----ފޮޓޯ: ސީއެންއެމް
ގައުމީ ކުތުބުހާނާއިން އަލުން ހިދުމަތް ދޭން ފަށަނީ
ގިނަ ދުވަސްވަންދެން ގައުމީ ކުތުބުހާނާގެ ހިދުމަތް މެދުކެނޑިފައި އޮތުމަށް އަނެއްކާވެސް އަލުން ހިދުމަތް ދޭން ފަށާގޮތައް ހަމަޖައްސައިފި އެވެ.

ނޭޝަނަލް ލައިބްރަރީން ބުނީ ޤައުމީ ކުތުބުހާނާ އަދި ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީގެ ހިދުމަތް ކޮވިޑް-19 އާ ގުޅިގެން މެދުކެނޑާލާފައި އޮތުމަށް މާދަމާއިން ފެށިގެން ފަހު އަލުން ހިދުމަތް ދޭން ފަށާނެކަމަށެވެ.

މާދަމާ ހިދުމަތް ދޭން ފަށާއިރު ގައުމީ ކުތުބުހާނާއިން ހިދުމަތް ދެމުން ގެންދާނީ ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. ކޮންމެ ދުވަހަކު ވެސް ހިދުމަތް ދޭނީ ހެނދުނު 10:00 އިން 12:00 އަށް ކަމަށެވެ.

ކޮވިޑް-19 އަށް ފަހު އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކުތުބުހާނާ ބަންދުކުރުމަށް ފަހު ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު އަލުން ހުޅުވި ނަމަވެސް ހިދުމަތް ދެމުން އައީ ހަފްތާއަކު ތިން ދުވަހުއެވެ. އެއީ ކޮންމެ ހަފްތާއެއްގެ އާދިއްތަ، އަންގާރަ، ބުރާސްފަތި ދުވަހުއެވެ.

ކޮވިޑުގެ ހާލަތު ކުޑަކޮށް ރަނގަޅުވުމާ އެކު ޖެނުއަރީ 16 އިން ފެށިގެން ކުތުބުހާނާގެ ހިދުމަތް ދޭ ދުވަހެއްގެ ގޮތުގައި ހޮނިހިރު ދުވަސް އިތުރުކޮށް ކޮންމެ ހަފުތާއެއްގެ ހަތަރު ދުވަހު ކުތުބުހާނާގެ ހިދުމަތް ދޭގޮތައް އޭރު ހަމަޖެއްސިއެވެ. އެހެން ނަމަވެސް ކޮވިޑް-19 ގެ ކޭސްތައް އިތުރުވުމާ ގުޅިގެން ވަގުތީ ގޮތުން ފެބްރުއަރީ މަހު ހިދުމަތް މެދު ކަނޑާލުމަށް ފަހު އޮންލައިންކޮށް ހިދުމަތް ދޭން ފެށި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް