ads
ކ.ދިއްފުށި
މަރުވެފައި އޮތް މީހަކު ދިއްފުށި ފަޅުތެރެއިން ފެނިއްޖެ
މަރުވެފައި އޮއްވާ ފެނުނީ އިންޑިއާ ފަތުރުވެރިއެއް
ކ. ދިއްފުށީ ފަޅުތެރޭގައި އިންޑިއާ ފަތުރުވެރިއަކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.
Advertisement

ދިއްފުށީ ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް މުބައްސިރު ސީއެންއެމް އަށް ވިދާޅުވީ އެމިހާ މަރުވެފައި އޮއްވާ ފެނުނީ މިއަދު މެންދުރު 13:00 ހާއިރު ކަމަށެވެ.

ދިއްފުށީ މީހަކު ސީއެންއެމްއަށް މައުލޫމާތު ދެމުން ބުނީ މަރުވެފައިވަނީ އުރުމުން 23 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށެވެ.

އަދި އޭނާ މިއަދު އެކަނި ބަދަރު ސަރަހައްދަށް މަސްބާނަން ދިޔަކަމަށް މައުލޫމާތު ލިބޭ ކަމަށް އެމީހާ ބުނެއެވެ. އަދި އޭނާ މަރުވެފައި އޮއްވާ ފެނުނީ ބަދަރު ސަރަހައްދަށް ދިޔަ މީހަކަށް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

އެ ފަތުރުވެރިޔާ ފަޅުތެރެއިން ނެގި އިރުގައިވެސް އޮތީ މަރުވެފައި ކަމަށާއި މިހާރު އޭނާ ވަނީ ހޮސްޕިޓަލަށް ގެންދެވިފައި ކަމަށް އެމީހާ މައުލޫމާތު ލިބެއެވެ.

މައުލޫމާތު ކިޔާދިން މީހާ ބުނީ އެ ފަތުރުވެރިޔާ އެރަށަށް ޗުއްޓީ ހޭދަކުރަން އައިސް އުޅޭތާ މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށާއި އޭނާ އުޅެނީ އެކަނި ކަމަށެވެ. އަދި އޭނާ ހުންނަނީ އެރަށު އަމީރާ ގެސްޓްހައުސްގައި ކަމަށް ވެސް އޭނާ ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް