ads
ހަބޭސް ބޮޑުބެ: ޕޮޓޯ ޕީއެސްއެމް
ބޮޑުބެރު ދާއިރާއިން ބޮޑުބެ ދަނީ ހުއްޓުމެއްް ނެތި ބާރަށް ކުރިއަށް
ށ.ކޮމަންޑޫ އަށް އުފަން އިބްރާހިމް ވަހީދް އުސްމާން އަކީ މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއް އިން ދިވެހިންގެ ތެރެއަށް ތައާރަފުވި ފަންނާނެކެވެ. ދިވެހިން ދަންނަ ގޮތުން މިހާރު މަޝްހޫރު ހަބޭސް ބޮޑުބެ އެވެ.
Advertisement

ސީއެންއެމް އަށް ދިން އިންޓަވިއު އެއްގައި ބޮޑުބެ ވަނީ މިޔުޒިކް ދާއިރާ އާއި އަމިއްލަ ދިރިއުޅުމާ ގުޅޭ ބައެއް ވާހަކަތައް ކިޔާދީފައެވެ. 

ބޮޑުބެ ބުނި ގޮތުން މިޔުޒިކް ގެ ދާއިރާ އަކީ އަބަދުވެސް ވަރަށް ޝައުގުވެރިކަން ހުންނަ ކަމެކެވެ. މިގޮތުން މިކަން ފެށުނީ ކިހިނެއްތޯ ސުވާލު ކޮށްލުމުން ބުނީ އެއީ ށ. މިލަންދޫ އަށް ކިޔަވަން ދިޔައިރު ރަހުމަތްތެރި ސިމައްޓެ ދިން ފުރުސަތަކުން ފެށުނު ކަމެއް ކަމުގައެވެ. އަދި އެރަށަކީ ވަރަށް މިޔުޒިކީ ރަށެއް ކަމަށެވެ. އަދި ސިމައްޓެގެ އެހީތެރިކަމާއެކެ ފުރަތަމަ ލަވަ އެރަށުގައި އޮތް އިންތިހާބަކަށް ޕާފޯމްކުރަން ފުރުސަތު ލިބުނުކަމަށެވެ. 

އެއަށްފަހު ފެނިގެން ދިޔައީ 2016/2017 ވަނަ އަހަރު ބޭއްވި މޯލްޑިވިއަން އައިޑޮލް އިންނެވެ. ޓޮޕް 10ގައި ކާމިޔާބު ހަތަރުވަނަ އަކުން މޯލްޑިވިއަން އައިޑޮލް ސީޒަން އާއި ވަކިވި ގޮތަށް ބައިވެރިވީ މަޝްހޫރު ހަބޭސް ބޮޑުބެރު ގްރޫޕް އާއެވެ. 

ލަވަކިޔުމުގައި ކުރިއަށް ދަމުން ބޮޑުބެ އަންނަނީ އެމްޕީއެލް ގައި ވަޒީފާ އަދާ ކުރަމުންނެވެ. އަދި މީގެ އަހަރެއްހާ ދުވަސް ކުރިން ވަނީ ޒަވާޖީ ހަޔާތެއް ފަށައިފައެވެ. ހަޔާތުގެ ބައިވެރިޔާ ނުހާ އާއި ދިމާވީ އިންސްޓާގްރާމް ޗެޓް އަކުންކަމަށް ބޮޑުބެ ކިޔައިދިނެވެ. ނުހާ ހާސިލް ކުރަން ހަތަރު މަސް ދުވަސް މަސައްކަތް ކުރި ކަމަށް ބޮޑުބެ ބުންޏެވެ. ވަރަށް އުފާވެރި ޒަވާޖީ ހަޔާތެއް ކަމަށާއި ނުހާގެ ސަޕޯޓް ކުރާ ކޮންމެ ކަމަކަށް ލިބޭ ކަމަށް ބޮޑުބެ ސީއެންއެމް އަށް ކިޔައިދިނެވެ.

އެންމެކަމުދާ ބުއިމަކީ ރެޑްބުލް ކަމަށާއި ޕިއްޒާ އަކީ އެންމެ މީރު ކެއުން ކަމަށް ބޮޑުބެ ކިޔައިދިނެވެ. އެންމެ ހިތްހަމަޖެހޭ ގޮތަށް ކިޔުނީ މަންމަގެ ހަނދާނުގައި ކިޔާފައި އިން މަދަހަ ކަމަށާއި މިހާރުވެސް ނިދާއިރު އެ މަދަހަ އަޑުއަހާ ކަމަށް ބޮޑުބެ ބުންޏެވެ. މީގެ އިތުރުން ބޮޑުބެ ބުނީ ބޮޑުބެރު ގްރޫޕްގައި ކިޔާފައި އިން "ނުރޯށެކަލޭ" އަކީ ވަރަށް ފޭވަރިޓް ލަވައެއް ކަމަށެވެ.

ހަބޭސް ބޮޑުބެރު ގްރޫޕް އަކީ ބޮޑުބެ ގަބޫލްކުރާ ގޮތުން ރާއްޖޭގައި އޮތް އެންމެ ބޮޑު އަދި އެންމެ ވަރުގަދަ އެއް ބޮޑުބެރު ގްރޫޕް ކަމަށް އޭނާ ދެކެއެވެ. ކުރިއަށް އޮތްތާގައިވެސް މަސައްކަތްކުރާނީ ހަބޭސް އާއެކު ކަމަށް ބޮޑުބެ ބުންޏެވެ.

ސީއެންއެމް އިން ބޮޑުބެ އާއި އިތުރަށް ސުވާލު ކޮށްލާ، ފިލްމަކުން ނޫނީ ލަވަ އަކުން ފެންނާނެތޯ ސުވާލް ކޮށްލުމުން ބުނީ ނުފެންނާނެ ކަމަށެވެ. އަދި އިތުރަށް ބޯކޮށުމަށް އެއްވެސް ވަރަކަށް ވިސްނަންތޯ އަހާލުމުން ބުނީ ބޯކޮށުމުގެ އެއްވެސް ހިޔާލެއް ނުގެންގުޅޭ ކަމަށެވެ. 

އެންމެ ދެކޭ ހިތްވާ ދުވަހަކީ ބޭރު ޕްލެޓް ފޯމް އެއްގައި ޕާފޯމް ކޮށްލުން ކަމަށް ބޮޑުބެ ބުންޏެވެ. ބޮޑުބެގެ މަންމަ އާއި ބައްޕަ އާއި އާއިލާ މެންބަރުންނަށާއި ހަބޭސް އައްޔަ އަދި ފޭނުންނަށް ހާއްސަ ޝުކުރެއް ބޮޑުބެ އަދާކުރިއެވެ.

ސީއެންއެމް އިން އެދެނީ ބޮޑުބެ އަށް ވަރަށް ފާގަތި މުސްތަގްބަލަކަށެވެ. ލަވަކިޔުމުގަ އާއި ހަޔާތުގައި ވެސް ކާމިޔާބީ އަށް އެދެމެވެެ.

64%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
16%
ސަތޭކައަކުން ސުމެއް
12%
ވަރަށް ސަލާމް
ކޮމެންޓްސް