ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލް އިން މައުލޫމާތު ދިން ގޮތުގައި، މާއުނގޫދޫ އަދި ކޮމަންޑޫގައި އަލަށް ގާއިމު ކުރި މި އޭޓީއެމް ސެންޓަރުތައް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުން، ބިލަށް ފައިސާ ދެއްކުން އަދި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ އެވެ.
މީގެ އިތުރުން، އަލަށް ފެށުނު އޭޓީއެމް ހިދުމަތާއެކު މިހާރު އެ އަތޮޅު ފުނަދޫގެ ބީއެމްއެލް ބްރާންޗް އަދި ސެލްފް ސާވިސް ބޭންކިންގެ ހިދުމަތް ދެމުންދާ ކަމަށް ބީއެމްއެލް އިން ބުނެއެވެ. މީގެ އިތުރުން މިލަންދޫ، މާއުނގޫދޫ އަދި ކޮމަންޑޫގެ އޭޓީއެމް މެދުވެރިކޮށް އެ އަތޮޅުގައި ހިދުމަތް ދެމުން އަންނަ ކަމަށް ބީއެމްއެލް އިން ބުނެއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު 20 އަތޮޅުގައި 35 ބްރާންޗް، 71 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 132 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގް ހިދުމަތް ދެމުން އަންނަ ކަމަށް ބީއެމްއެލްއިން ބުނެއެވެ.
މީގެ އިތުރުން ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ބީއެމްއެލް އިން ބުނެއެވެ.