މި ދެ ރަށްވެސް މޮނީޓަރިންގެ ހާލަތުން ނަގާފައިވަނީ މިއަދު އެވެ.
އެގޮތުން ހުރާ މޮނީޓަރިންގެ ހާލަތަށް އެންމެ ފުރަތަމަ ލާފައިވަނީ މިދިޔަ މަހު 22ގައެވެ. މަހަކަށް ފަހު ހުރާ އާންމު ހާލަތަށް ގެނެސްފައިވާ އިރު، އެ ރަށުން 175 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވެއެވެ.
ވިލުފުށި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިމަހުގެ ފަސް ވަނަ ދުވަހު އެވެ. އެގޮތުން އެރަށް މޮނީޓަރިންގެ ހާލަތުން ނެގިއިރު، އެ ރަށުން 16 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވެއެވެ.
އަތޮޅުތެރެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަވާން ފަށާފައިވާއިރު، މިހާތަނަށް ރާއްޖެއިން ޖުމްލަ 27،403 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. އަދި މި ބަލީގައި 71 ވަނީ މަރުވެފައެވެ.