ފުލުހުން ބުނީ، އެމީހާގެ ހަށިގަނޑުގައި ބޭރުފުށުން އެއްވެސް އަނިޔާއެއް ނެތް ކަމަށެވެ.
މަރުވެފައި އޮއްވާ ފެނުން މީހާ އަކީ މި މަހު 19އިން ފެށިގެން ހުރާގެ ގެސްޓް ހައުސްއެއްގައި ކަރަންޓީނު ފުރިހަމަ ކުރަމުން އައި މީހެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މި ހާދިސާ އާއި ގުޅިގެން މިއަދު ދިއްފުށީ ކައުންސިލްގެ ނައިބު ރައީސް އިބްރާހީމް މުބައްސިރު ސީއެންއެމް އަށް ވިދާޅުވީ، އެމިހާ މަރުވެފައި އޮއްވާ ފެނުނީ މިއަދު މެންދުރު 13:00 ހާއިރު ކަމަށެވެ.
މަރުވެފައި އޮއްވާ ފެނުން މީހަކީ، އުރުމުން 23 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމަށް މީގެ ކުރިން ފުލުހުން މައުލޫމާތު ދީފައެވެ.