ads
ފޮޓޯ- ރަވީނާ އާއި ޓްވިންކަލް
މިތަނުން ޓުވިންކަލް އާއި ރަވީނާ ވަކިކުރަން އެނގޭތަ؟
ޓުވިންކަލް ކަންނާ އަދި ރަވީނާ ޓަންޑަނަކީ ބޮލީވުޑްގެ މަޝްހޫރު ދެ ބަތަލާއިން ނެވެ. އެދެމީހުން ވަނީ ބޮލީވުޑްގައި 2000 ގެ ކުރީގެ އަހަރު ތަކުގައި މަޝްހޫރު ގިނަ ފިލްމުތަކެއް ވެސް ކުޅެފަ އެވެ.
Advertisement

ނަމަވެސް އެ ދެމީހުން އެއް ވައްތަރު ވާހަކައަކީ އަބަދުވެސް ފޭނުން ދައްކާ ވާހަކަ އެކެވެ. އެގޮތުން އެއްފަހަރަކު ޓުވިންކަލް އަށް ރަވީނާގެ ނަމުން ގޮވި ކަމަށް އެނާ ބުނެއެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އަކްޝޭ ފުރަތަމަ ރައްޓެހިވީ ރަވީނާ އަށެވެ. ނަމަވެސް ރަވީނާ ވަނީ އަކްޝޭ ބޭވަފާތެރިވި ކަމަށާއި އެހެންކަމުން އެމީހުން ގުޅުން ނިމިގެން ދިޔަކަމަށް ބުނެފަ އެވެ.

އަދި އޭގެފަހުން އަކްޝޭ ޓްވިންކަލްއާ ރަށްޓެހިވީ ރަވީނާއާ ވައްތަރު ވުމުން ކަމަށް ބުނެ އެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އަކްޝޭ ވާހަކަ ދައްކާފައެއް ނުވެއެވެ.

ކޮންމެ އަކަސް މަތީގައިވާ ފޮޓޯގައި ރީދޫ ކުލައިގެ ހެދުމެއް ލައިގެން އެހުރީ ރަވީނާ އެވެ. އަދި ރަން ކުލައިގެ ހެދުމެއްގައި އެ ހުރީ ޓުވިންކަަލް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް