ads
އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން ---
ކައުންސިލް އިންތިހާބާ ގުޅިގެން ކޯޓަށް ނުދާން އެމްޑީޕީން ނިންމައިފި
ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020ގެ ނަތީޖާ އާ ގުޅިގެން އެމްޑީޕީން ކޯޓަށް ނުދާން އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ނިންމައިފި އެވެ.

އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމުގައި، އެ ޕާޓީން ވަނީ ދެ ކަމަކާ ގުޅިގެން މަޝްވަރާ ކޮށްފައެވެ. އެއީ އެ ޕާޓީގެ އެތެރޭގެ އިންތިހާބުގައި ބައިވެރިވާ ކެންޑިޑޭޓުންގެ ޝަރުތުތަކުގެ އިތުރުން، ކައުންސިލް އިންތިހާބާއި ގުޅޭ މައްސަލަތައް ކޯޓާ ހުށަހެޅުމާއި މެދު މަޝްވަރާ ކުރުމެވެ.

އެގޮތުން ރޭގެ ބައްދަލުވުމުގައި އެމްޑީޕީން ވަނީ، ކައުންސިލް އިންތިހާބުގެ މައްސަލައިގައި ކޯޓަށް ނުދިއުމަށް ނިންމާ، ކެންޓިޑޭޓުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައެވެ. 

އެމްޑީޕީން ވަނީ، ކައުންސިލް އިންތިހާބާއި ގުޅިގެން، ހަ ދާއިރާއެއްގެ ވޯޓު ފޮއްޓެއްގެ މައްސަލައިގައި ކޯޓަށް ދާނެ ކަމަށް މީގެ ކުރިން ބުނެފައެވެ. އެއީ މެދު ހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާ، ހެންވޭރު ހުޅަނގު ދާއިރާ، މައްޗަންގޮޅި އުތުރު ދާއިރާ، މާފަންނު އުތުރު ދާއިރާ އަދި މާފަންނު ހުޅަނގު ދާއިރާއެވެ.

މި ހަ ދާއިރާގައި އެމްޑީޕީގެ ފަރާތުން ވާދަކުރި ކެންޑިޑޭޓުން ބަލިވެފައިވަނީ ކުޑަ ފަރަގަކުންނެވެ. އަދި ވޯޓުގެ ފަރަގަށްވުރެ ބާތިލު ވޯޓު ގިނަކަމަށް އެމްޑީޕީން މީގެ ކުރިން ފާހަގަ ކޮށްފައިވެއެވެ. 

އެމްޑީޕީން ރޭ ކުރިއަށް ގެންދިޔަ އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމްމުހައްމަދު ސޯލިހުގެ އިތުރުން، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް