ads
އައިޖީއެމްއެޗް
ޕޮޒިޓިވް ތިން މީހަކު ވިހޭ ކުދިންނަށް ވެޓިލޭޓަރުގައި ފަރުވާދެނީ
ކޮވިޑް ޖެހިފައިވާ މާބަނޑު ތިން އަންހެނުން ވިހޭ ތިން ކުދިންނަށް ވެޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށާއި، ފަރުވާ ދިނުމުގެ ކަންކަމަށް ބޭނުންވާ މެޝިނާއި ނަރުހުން އެކަށީގެންވާ ވަރަށް ނެތް ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގެ ޑޮކްޓަރުންގެ ޓީމުގައިވެސް ހަރަކާތްތެރިވާ ޑރ. ފައިސަލް މިހެން ވިދާޅުވީ، އިއްޔެ ކުރެއްވި ޓުވީޓެއްގައެވެ. 

ޑރ. ފައިސަލް ވިދާޅުވީ، އިއްޔެ އާއި ހަމައަށް، ކޮވިޑުޖެހިފައިވާ މާބަނޑު ތިން މީހުން ވިހާފައިވާ ކަމަށެވެ.  އަދި ވިހޭ ތިން ތުއްތު ކުދިންވެސް މިވަގުތުތިބީ ވެންޓިލޭޓަރުގައި ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

އެކުޑަކުދިން ކޮވިޑަށް ނެގެޓިވްވި ކަމުގައި ވީނަމަވެސް އެކުދިން ބަލާނީ ކޮންޓެކްޓުންނަށް ކަމަށާއި، އެކުދިންނަށް ފަރުވާ ދޭނީ ވަކި ކިއުބިކަލްތަކުގައި ކަމަށް ޑރ. ފައިސަލް ފާހަގަ ކުރެއްވި އެވެ. 

ޑރ. ފައިސަލް އިތުރަށް ވިދާޅުވީ، ފަރުވާ ދިނުމަށް އެކަށީގެންވާ ނަރުހުންނާ، މެޝިން ފަދަ އެއްޗެހި ނެތް ކަމަށާއި ހާލަތު ގޯސް ކަމަށެވެެ. 

މީގެ ކުރިންވެސް ޑރ. ފައިސަލް ވަނީ ކޮވިޑްގެ މިހާލަތުގައި ފަރުވާ ދެމުން އަންނަ ކުޑަކުދިންގެ ހާލަތާއި ގުޅިގެން އެކިފަހަރު މަތިން ޓުވީޓު ކުރައްވާފައެވެ. އެގޮތުން ޕޮޒިޓިވްވާ ކުދިންނަށް ކުރާ ނަފްސާނީ އަސަރު ވަރަށް ބޮޑުކަން ޑރ. ފައިސަލް އަބަދުވެސް ފާހަގަ ކުރައްވައެވެ. 

މިމަހުގެ 22ވަނަ ދުވަހު ވެސް ޑރ. ފައިސަލް ވަނީ ހަ ކުޑަކުދިން އެދުމަތިކޮށްފައި ތިބި ކަމަށް ވިދާޅުވެފައެވެ. އަދި މާބަނޑު އަންހެނެއް ކޮވިޑަށް ފޮޒިޓިވްވެގެން އޮޕަރޭޝަންކޮށްގެން ނަގަންޖެހުނު އެއް ތުއްތު ކުއްޖަކުވެސް އެނދުމަތިކޮށްފައި އޮތް ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

އެހެންކަމުން ތިމާގެ ވަށައިގެން އުޅޭ ކުޑަކުދިންގެ ރައްކާތެރިކަމަށް ކޮވިޑް ވެކްސިން ޖެއްސެވުމަށް އެކި ފަހަރު މަތިން ޑރ. ފައިސަލް ވަނީ ނަސޭހަތްތެރިވެފައެވެ. 

ރާއްޖޭގައި ކޮވިޑްގެ ކޭސްތައް ދުވަހެއް ދުވަހަކަށް ގިނަވަމުން އަންނައިރު، އިއްޔެވެސް 218 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި މީގެ ތެރޭގައި އަތޮޅު ތެރެއިން ޕޮޒިޓިވްވި 135 މީހުން ހިމެނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް