ads
ކައުންސިލް އިންތިހާބުގެ ތެރެއިން ---
އެމްޑީޕީއަށް 400ގޮނޑި, އިދިކޮޅަށް ލިބުނީ 325 ގޮނޑި
މިމަހު 10 ގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީއަށް ލިބުނީ 400 ގޮނޑި ކަމަށާއި އިދިކޮޅު ޕީޕީއެމް ކޮލިޝަނަށް ލިބުނީ 325 ގޮނޑި ކަމަށް ރަސްމީ ނަތީޖާ ދައްކައިފި އެވެ.
Advertisement

އިލެކްޝަން ކޮމިޝަނުން ވަނީ މި އިންތިހާބުގެ ރަސްމީ ނަތީޖާ އެ ކޮމިޝަންގެ ވެބްސައިޓުގައި ހިއްސާ ކޮށްފައެވެ. 

އެގޮތުން ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް 400 ގޮނޑި އަދި އިދިކޮޅު ޕީޕީއެމްއަށް 325 ގޮނޑި ކާމިޔާބު ކުރެވިފައިވާ ކަމަށް، އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނު ކުރައްވަމުން އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވިއެވެ. 

ޝަރީފް ވިދާޅުވީ، މި ދެ އިންތިހާބުގައި ޖުމުލަ 3814 ކެނޑިޑޭޓުން ބައިވެރިވި ކަމަށެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގައި 2245 ކެނޑިޑޭޓުން އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބަށް 1580 ކެނޑިޑޭޓުންނެވެ.

މީގެ ތެރެއިން އެމްޑީޕީ ޓިކެޓުގައި ވާދަ ކުރި 804 ކެނޑިޑޭޓުންގެ ތެރެއިން، 400 ކެނޑިޑޭޓުން ގޮނޑި ކާމިޔާބު ކުރި ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އިދިކޮޅު ޕީޕީއެމްގެ ފަރާތުން މި އިންތިހާބުގައި 646 މަގާމަކަށް ކެނޑިޑޭޓުން ވާދަ ކުރިއިރު، އޭގެ ތެރެއިން ގޮނދި ކާމިޔާބު ކޮށްފައިވަނީ 325 ކެނޑިޑޭޓު ކަމަށް ޝަރީފް ވިދާޅުވިއެވެ. 

އިންތިހާބިގައި ވާދަކުރި އިތުރު އެހެން ޕާޓީ ތަކަށް ބަލާއިރު، ޖުމްހޫރީ ޕާޓީން 115 ކެނޑިޑޭޓުންގެ ތެރެއިން ގޮނޑި ކާމިޔާބު ކުރީ 23 ކެނޑިޑޭޓުންނެވެ. އަދި އަދާލަތު ޕާޓީން 28 ކެނޑިޑޭޓުންގެ ތެރެއިން 11 ކެނޑިޑޭޓުން ގޮނޑި ކާމިޔާބު ކުރިއިރު، އެމްޑީއޭއިން 20 ކެނޑިޑޭޓަކު ވާދަކޮށް، 16 ކެނޑިޑޭޓުންވަނީ ގޮނޑި ކާމިޔާބު ކޮށްފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން އަމިއްލަ ގޮތުން މި އިންތިހާބުގައި ޖުމުލަ 600 ކެނޑިޑޭޓުން ވާދަކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން 173 ކެނޑިޑޭޓަކު ގޮނޑި ކާމިޔާބު ކޮށްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. 

މިއާއެކު ލޯކަލް ކައުންސިލް އިންތިހާބުގައި އިންތިހާބަކާ ނުލާ އިންތިހާބުވި 30 ކެނޑިޑޭތުންނާއެކު، ޖުމުލަ 975 ކެނޑިޑޭޓުން އިންތިހާބުވި ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އަންހެނުންގެ ތަރައްގީ ކޮމިޓީއަށް އިންތިހާބަކާ ނުލާ ގޮނޑި ކާމިޔާބު ކުރި 90 ކެނޑިޑޭޓުންނާއެކު 905 ކެނޑިޑޭޓުން އިންތިހާބުވި ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވަނީ މި އިންތިހާބަކީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު އިންތިހާބުކަން ފާހަގަ ކޮށްފައެވެ. އަދި މިއީ ދެ އިންތިހާބެއް އެއްފަހަރާ ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރު ކަމަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބު ބޭއްވި ފުރަތަމަ ފަހަރުކަން ޝަރީފް ފާހަގަ ކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް