ads
ބ. އޭދަފުށީ
އޭދަފުށިން އިތުރު 22 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
ބ. އަތޮޅު އޭދަފުށިން އިތުރު 22 މީހުން ކޮވިޑަށް ޕޮޒިޓިވް ވެެއްޖެއެވެ.

ބ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ރަޝީދު ސީއެންއެމްއަށް ވިދާޅުވި ގޮތުގައި ރޭގައި އެރަށުން ވަނީ 94 ސާމްޕަލް ނަގާފައެވެ. އަދި އޭގެ ތެރެއިން 22 ސާމްޕަލްވަނީ ކޮވިޑް-19 ޕޮޒިޓިވް ވެފައިވާއިރު، އަދިވެސް ނަތީޖާ ނުލިބި 50 ސާމްޕަލް ހުރިކަމަށް އޭނާ ވިދާޅުވި އެވެ.

އޭދަފުށިން މިހާރު ޖުމުުލަ 609 ސާމްޕަލް ނަގާފައިވާއިރު، 488 ސާމްޕަލް ނެގެޓިވް ވެފައިވާއިރު، 71 ސާމްޕަލްވަނީ ޕޮޒިޓިވް ވެފައިވާކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ. އަދި އެއާއެކު ކޮންޓްރެކްޓް ޓްރޭސިން އާއި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތްދަނީ ކުރިއަށް ހޮސްޕިޓަލުން ބުނެ އެވެ.

ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން އަބަދުވެސް ބޭނުންވާ ކަމާއި، އަދި ތެދު މައުލޫމާތު ދެއްވުމާއެކު ކިރިޔާވެސް ބަލީގެ އަލާމަތެއް ފެންނަ ހިސާބުން ފްލޫ ކްލިނިކަށް ދެއްކެވުމަށް ހޮސްޕިޓަލުން އިލްތިމާސްކުރި އެވެ.

އަތޮޅުތެރޭގައި ކޮވިޑުގެ ހާލަތު ގޯސްވަމުންދާއިރު އިއްޔެ ނިޔަލަށް 20 އަށްވުރެ ގިނަ ރަށް ވަނީ ކަރަންޓީނުގެ ހާލަތަށް ގެނެސް އެ ރަށްރަށަށް އަރާފޭބުން މަނާކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް