ads
ކައުންސިލަރުންތަކެއް --
ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ފާސްކުރުމުން އާންމުން ރަތަށް!
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުން އަލަށް އިންތިހާބުވި ކައުންސިލަރުންނަށްދޭ މުސާރައާއި އިނާޔަތް ބޮޑުކުރުމަށް ފާސްކުރުމާ ގުޅިގެން ގިނަ ރައްޔިތުންނެއް ވަނީ އެކަމާ ހިތްހަމަޖެހުން ފާޅުކޮށް، ވަރަށް ބޮޑަށް ފާޑުކިޔާފަައެވެ.

މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބު 2020 އިން އިންތިހާބުވި އާ ކައުންސިލަރުންނަށްދޭ މުސާރައާއި އިނާޔަތްތައް ބޮޑުތަނުން އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިވަނީ ފާސްކޮށްފައެވެ. އެގޮތުން އެންމެ ބޮޑު މުސާރައެއް ކަނޑައަޅާފައިވަނީ ސިޓީ ކައުންސިލްތަކުގެ މޭޔަރުންނަށެވެ. އެއީ އެލަވަންސާއެކު ޖުމްލަ 40،000 ރުފިޔާގެ މުސާރައެކެވެ. 

ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރުންނަށް ޖުމްލަ މުސާރައާއި އިނާޔަތުގެ ގޮތުގައި 35،000 ރުފިޔާ ލިބޭއިރު،  ސިޓީ ކައުންސިލް ތަކުގެ މެންބަރުންނަށް ޖުމްލަ 30،000 ރުފިޔާގެ މުސާރައެއް ލިބެއެވެ. އަތޮޅު ކައުންސިލް ރައީސްގެ މުސާރަވެސް 28،000 އަށް ވަނީ ބޮޑުކޮށްފައެވެ. އަދި ރަށު ކައުންސިލްތަކުގެ ރައީސުންގެ މުސާރަ އާއި، އެލަވަންސާއެކު މިހާރު ވަނީ 23،000 ރުފިޔާއަށް ހަމަޖައްސާފައެވެ. ރަށު ކައުންސިލްގެ ނައިބު ރައީސުންނަށް ޖުމްލަ 15،000 ލިބޭއިރު، ކައުންސިލް މެންބަރަކަށްވެސް އާ އޮނިގަނޑުގެ ދަށުން 12،000 ރުފިޔާ ލިބެއެެވެ. 

ކައުންސިލުތަކުގެ ރައީސުންގެ މުސާރައަކީ މިހާރު 15،000ރުފިޔާ އެވެ. ނައިބު ރައީސުންގެ މުސާރައަށް 12،000ރުފިޔާ ލިބޭއިރު މެމްބަރަކަށް މިހާރު ލިބޭނީ 10،000ރުފިޔާ އެވެ. 

މާލއްިޔަތު ކޮމެޓީން ފާސްކޮށްފައިވާ މުސާރަތަކަށް ބަލާއިރު ކައުންސިލުގެ ރައީސްގެ މުސާރަ ވަނީ 8،000ރުފިޔާ ބޮޑުކޮށްފަ އެވެ. އަދި ނާއިބު ރައީސަށް ބޮޑުކޮށްފައިވަނީ 3،000ރުފިޔާ އެވެ. މެމްބަރުންގެ މުސާރައަށް އިތުރުކޮށްފައިވަނީ 2،000ރުފިޔާ އެވެ.

ދައުލަތަށް ލިބޭ އާމްދަނީން ގައުމު ހިންގަން ދަތިވެ ގައުމު ދަރަމުންދާއިރު ދައުލަތުގެ މުސާރައިގެ އޮނިގަނޑާ މެދ އިތުރަށް ވިސްނަން ޖެހޭނެކަމަށް އިގުތިސާދީ ތަޖުރިބާކާރުން ވިދާޅުވެ އެވެ.

މަޖިލީހުގެ ކޮމެޓީން ކައުންސިލަރުންގެ މުސާރަތަކަށް މި ގެނައި ބަދަލާއެކު އާންމުންގެ ގިނަ ފާޑުކިޔުންތަކާއި ނުރުހުން ވަނީ މަޖިލީހަށާއި މާލިއްޔަތު ކޮމިޓީއަށް އަމާޒުވެއެވެ. 

މަތީ ތައުލީމު ހާސިލުކުރަމުންދާ، ނުވަތަ ޑިގްރީއަށް ކިޔަވަމުންދާ ގިނަ ދަރިވަރުންގެ ފަރާތުން އަޑު އިވިގެން ދިޔައީ "ކިޔަވާނެ ކަމެއް ނެތް، ކައުންސިލް ކަމަށް ކުރިމަތިލާންވީ!" މިހެންނެވެ. ސަބަބެއް ނެތީކީއެއްވެސް ނޫނެވެ. ހަގީގަތަކީ ކައުންސިލް ކަމަށް ކުރިމަތިލައި އިންތިހާބުވީ ގިނަ ފަރާތްތަކުގެ އެކަށީގެންވާ ތައުލީމީ ފެންވަރު ނެތްކަމެވެ. 

"ސާނަވީ ތައުލީމުން ފާސްނުވިޔަސް، ވަކި ޕާޓީއަކަށް ތާއީދުކުރުމުގައި ހައްދުފަހަނަ އަޅާފައި ތިބިއްޔާ ކައުންސިލުކަމަށް ހޮވޭނެ" ކަމަށް ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ބުނަމުން ދިޔައެވެ. ލެވެލް 7 ގެ ސެޓްފިކެޓެއް ނުވަތަ ޑިގްރީއެއް އޮންނަ މީހާއަށްވެސް އާންމުކޮށް ލިބެނީ 10،000 ރުފިޔާގެ މުސާރަ އެކެވެ. ރައްޔިތުން ބޭނުންވަނީ އިންސާފުވެރިކަމާއެކު ތަފާތު ކުޑަ މުސާރައިގެ އޮނިގަނޑަކަށް ރާއްޖެ ހިންގާށެވެ.

މީގެ އިތުރުންވެސް ގިނަ ބަޔެއްގެ ޝަކުވާއަކަށް ވެގެން ދިޔައީ މިނިމަމް ވޭޖެއް ކަނޑައެޅުމަށް ސަރުކާރުން ވީވައުދު ނުފުއްދި ދިގު ދަންމަމުން ދާއިރު، ކައުންސިލަރުންގެ މުސާރަ ބޮޑުކޮށް އޮނިގަނޑު ފާސްކުރުމުންނެވެ. އެހެންމެ ކޮވިޑާ ގުޅިގެން ދައުލަތުގެ ދަރަނި ބޮޑުވެ، ފައިސާ ޗާޕު ކުރަންޖެހިފައިވާއިރު، މުސާރަތައް ފަދަ ރިކަރަންޓު ހަރަދުތައް ބޮޑުކުރުމަކީ ބުއްދިވެރި ގޮތެއް ނޫންކަމަށް ބުނެ ކަމާބެހޭ މާހިރުންވެސް ވަނީ ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ.

67%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް