ads
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި މަރަދޫ ދާއިރާ މެމްބަރު އިބްރާހިމް ޝަރީފް-
ވައްކަމެއް ނުކުރަން، އަމަލު ކުރީ ނަޝީދުގެ އޯޑަރަށް: ޝަރީފު
ވައްކަމެއް ނުކުރަން ކަމަށާ، އަަމަލު ކޮށްފައިވާނީ ރައީސް ނަޝީދު އެންގެވި ގޮތަށް، ނަޝީދުގެ އޯޑަރަށް ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެއެވެ.

ޝަރީފު މިހެން ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގަޔާއި އަދިވެސް ބޮޑެތި ވައްކަމުގައި އެބޭފުޅާ ބައިވެރިވެފައިވާ ކަމަށް މިއަދު މަޖިލީހުގައި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމު ވިދާޅުވުމުން، އެކަމާ ގުޅިގެން ސީއެންއެމުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. 

ޝަރީފު ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލައިގައި އޭނާއަށް އެއްވެސް ލާރިއެއްވެސް ލިބިފައި ނުވާ ކަމަށާއި، އޭނާ އަމަލު ކޮށްފައިވާނި ނަޝީދު އެންގެވި ގޮތަށް ކަމަށެވެ. އަދި ހެދުނު ޑީލެއް ހެދިފައި އޮތީ ނަޝީދާ އަދީބާ ދެމެދުގައި ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ. 

އެގޮތުން ނަޝިދު އެންގެވި ގޮތަށް ބައެއް ބިލްތައް މަޖިލީހަށް ހުށަހަޅާފައި ވާނެ ކަމަށާއި، މަޖިލީހުގައި ވޯޓު ދީފައިވާނީވެސް ނަޝީދު އެންގެވި ގޮތަށް ކަމަށް ޝަރީފު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ވައްކަމަކީ ހަމައެކަނި ޕީޕީއެމުން ކުރި ވައްކަމެއް ނޫން ކަމަށާއި، އޭގެ ތެރޭގައި 18 ވަނަ މަޖިލީހުގައި ތިބި އެމްޑީޕީގެ މެމްބަރުން ވެސް ތިބި ކަމަށް މިއަދު ރައްޔިތުންގެ މަޖިލީހުގައި ހަލީމު ވިދާޅުވިއެވެ. އަދި ވަކިން ހާއްސަކޮށް މަރަދޫ ދާއިރާގެ މެމްބަރަކީ ވައްކަމުގައި އިންތިހާއަށް ބައިވެރިވެފައި ހުރި ފަރާތެއް ކަމަށާ އެއީ ހުރިހާ ދައުރެއްގައިވެސް ވައްކަމުގައި އުޅުއްވާ ބޭފުޅެއް ކަމަށް ހަލީމު ވަނީ ވިދާޅުވެފައެވެ. 

މިކަމާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަ ބައްލަވާނެ ކަމަށާއި، އެ މައްސަލަ ބައްލަވައިފިނަމަ ބައެއް މެމްބަރުންގެ ގޮނޑި ގެއްލިދާނެ ކަމަށެވެ. 

75%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް