ads
ފުޅަދޫ---
ފުޅަދޫގައި މޫދަށް ފުންމާލި ގޮތަކުން ފަތުރުވެރިއަކު މަރުވެއްޖެ
ބ.ފުޅަދޫ ފާލަން މަތިން މޫދަށް ފުންމާލި ފަތުރުވެރިއަކު މަރުވެއްޖެ އެވެ.

ފުޅަދޫ ކައުންސިލްގެ ރައީސް އަހްމަދު އާސިފް ސީއެންއެމް އަށް ވިދާޅުވީ އެމީހާ މަރުވެފައިވަނީ މިއަދު ހެނދުނު 6:30 ހާއިރު ކަމަށެވެ.

އަދި އެމީހާ މަރުވެފައިވަނީ މޫދަށް ފުންމާލި ގޮތަކުން މޫދުގެ ވެލިގަނޑުގައި ބޯޖެހި އަނިޔާވެގެން ކަމަށް ވެސް އާސިފް ވިދާޅުވި އެވެ.

އާސިފް ވިދާޅުވީ މަރުވެފައި ވަނީ ޔޫކްރޭނަށް ނިސްބަތްވާ ފިރިހެނެއް ކަމަށެވެ. އަދި އޭނާ ފުޅަދޫގައި އުޅޭތާ ދެމަސް ވެދާނެ ކަމަށާއި އޭނާ އެރަށަށް އައިސް އުޅެނީ އަންހެނުން އަދި ކޮއްކޮ އަކާއި އެކުގައި ކަމަށް ވެސް އާސިފް ވިދާޅުވި އެވެ.

މިއަދު އޭނާ މޫދަށް އެރޭ އެއްޗިހި ހިފައިގެން ފާލަމަށް ދިޔައީ އަންހެނުންނާއެކުގައި ކަމަށާއި ފުޅަދޫގެ ބައެއް މީހުންވެސް ފާލަމު މަތީގައި އެމީހާ ފުންމާލި އިރު ތިބި ކަމަށް އާސިފް ވިދާޅުވި އެވެ. އެމީހާ މޫދުން ނެގީ ފާލަން މަތީގައި ތިބި ދިވެހިން ކަމަށް ވެސް އާސިފް ވިދާޅުވި އެވެ.

މިއަދު 1:30 ހާއިރުގައި އެމީހާ ހަށިގަނޑު މާލެ ގެނައުމަށް ވަނީ ހަމަޖެހިފަ ކަމަށް ވެސް އާސިފް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް