ads
ފޮޓޯ--މަލާފަތް
ރޯދަ ރަށުންރަށަށް: ނަޑެއްލާގައި ބޮޑު އަށި ގޭގައި މަލާފަތް ބޭއްވުން
1442 ވަނަ އަހަރުގެ ރޯދަމަހުގެ ފަހު ދިހައެއްގެ ދުވަސްތައް މިހާރު މި ދަނީ ގުނަމުން ނެވެ. ކޮވިޑްއާއި ގުޅިގެން ގިނަ ރަށްތައް ބިރުވެރިކަމެއްގެ ތެރޭގައި ވެއެވެ. އެހެންކަމުން ކުރީގައި ރަމަޞާން މަސް ފާހަގަކުރާފަދައިން މިހާރު ރޯދަމަސް ފާހަގައެއް ނުކުރެ އެވެ.
Advertisement

ކުރީޒަމާނުގައި ރޯދަމަސް ރާއްޖޭގެ އެކިރަށްތަކުގައި ކުލަގަދަކޮށް ތަފާތުކޮށް ފާހަގަކުރެއެވެ. އެގޮތުން ގދ. ނަޑެއްލާގައި ވެސް ރޯދަމަސް 1980 ގެ އަހަރު ތަކުގައި ވަރަށް ތަފާތުކޮށް ފާހަގަކުރެ އެވެ. 

ނަޑެއްލާ ކައުންސިލްގެ ރައީސް ފައިސަލް ނަޖީ ސީއެންއެމް އަށް ވިދާޅުވީ އޭނާ ކުޑައިރުގައި ރޯދަމަސް ރަށުގައި ފާހަގަކުރަނީ ވަރަށް ކުލަގަދަކޮށްކަމަ ށެވެ.

އެގޮތުން ރަށުގައި އެންމެން އެއްތަނެއްގައި ހާރުކައި ރޯދަވިއްލާ ކަމަށް ނަޖީބު ވިދާޅުވި އެވެ. އަދި އެއްބައިވަންތަކުމުގެ ރޫހުގައި ހުރިހާ މަސައްކަތްތެއް ވެސް ކުރާކަމަށް ކިޔައި ދިނެވެ.

ނަޖީބު ވިދާޅުވީ އޭރުގައި ރަށުގައި ތަރާވީސް ނަމާދަށް ފަހުގައި ބޮޑު މަލާފާތެއް އޮންނަ ކަމަށެވެ. އެކި ބާވަތްބާވަތުން ފުރިފައިވާ އެ މަލާފާތުގައި ރަށުގެ ކުޑަ، ބޮޑު އެންމެން ޝާމިލްވާ ކަމަށް ނަޖީބު ވިދާޅުވި އެވެ. ފޯރީގައި އެންމެން އެއްކޮށް މަލާފަތް ކައި ނިންމާލުމަށް ފަހުގައި އެކި ވާހަކަތަކުގައި ވަގުތު ހެދަކުރާ ކަމަށް ވެސް ނަޖީބު ކިޔާދެއްވި އެވެ.

ނަޖީބް ވިދާޅުވީ އޭރުގައި މަލާފާތަށް ރަށުގެ މީހުން ގޮސް އުޅެނީ ބޮޑު އަށި ގެ ކިޔާ ތަނަކަށް ކަމަށެވެ. ނަމަވެސް މިހާރު އެތަން ރަށުގައި ނުހުންނަ ކަމަށް ނަޖީބް ވިދާޅުވި އެވެ.

މަލާފާތް ނިންމާލުމަށް ފަހުގައި ދަންވަރު 02:00 އިން 03:00 ކަށް ބޮޑުބެރު ޖަހަމުން ހާރަށް ރަށްޔިތުންނަށް ގޮވަމުންދާ ކަމަށް ވެސް ނަޖީބް ވިދާޅުވި އެވެ.

މީގެ އިތުރުން އެރަށުގައި ރޯދަމަހުގައި ގޭގޭގައި ވެލިލުމަށް ގްރޫޕް ހަދައިގެން މީހުން ރަށުގެ ކައިރީގައި އޮންނަ ފަޅުރަށްތަކަށް ކަށިވެލިނަގަންދާ ކަމަށް ވެސް ނަޖީބް ވިދާޅުވި އެވެ.

ނަޖީބް ވިދާޅުވީ މިހާރު ކުރީގައި އޮންނަ އެއްބައިވަންތަަކަން ރަށުގައި ނެތްކަމަށެވެެ. އަދި ރޯދަމަހުގައި ވެސް ހާއްސަ އެއްވެސް ސަގާފީ ކަމެއް މިހާރު ރަށުގައި ނުކުރާ ކަމަށެވެެ. އެއީ ވަރަށް ހިތާމަވެރި ކަމެއް ކަމަށް ވެސް ނަޖީބު ވިދާޅުވި އެވެ.

75%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް