އެގޮތުން ރީ-ރަޖިސްޓްރޭޝަންގެ ފުރުސަތު ހުޅުވާލާފައިވަނީ މާދަމާ ހެނދުނު 09:00 އިން މެންދުރު 13:00ގެ ނިޔަލަށެވެ.
އިލެކްޝަނުން އިއުލާނު ކުރި ގޮތުގައި މާލެ ސަރަހައްދުން ރީ ރަޖިސްޓްރޭޝަންގެ ފޯމު ބަލައިގަތުމަށް ނިންމާފައިވަނީ، އިންތިހާބާއި ބެހޭ މަރުކަޒުން ކަމަށެވެ. އަދި އެހެނިހެން ރަށްރަށުގައި ފޯމު ބަލައިގަންނާނީ ކައުންސިލް އިދާރާއިން ކަމަށް އިލެކްޝަނުން ބުނެއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް ހާއްސަ ކޮމިޓީގެ އިންތިހާބުގެ ދެވަނަ ބުރު ޖުމުލަ 12 ރަށެއްގައި ބާއްވާނެ ކަމަށް މީގެ ކުރިން އިލެކްޝަނުން އިއުލާނުކޮށްފައިވެއެވެ. މި އިންތިހާބު ބޭއްވުމަށް ނިންމާފައިވަނީ އަންނަ މެއި މަހުގެ އެއްވަނަ ދުވަހު އެވެ.