ads
ހުސައިން މުހައްމަދު ލަތީފް.. ފޮޓޯ: މަޖިލިސް
ފައިސާ ޗާޕުކުރުން ހުއްޓާލުމަށް ގޮވާލައި ހުށަހެޅި ކުއްލި މައްސަލަ ބަަލައި ނުގަތް
ސަރުކާރުން ފައިސާ ޗާޕުކޮށް، ސަރުކާރާ ގުޅުންހުރި ފަރާތްތަކަަށް ބަހަމުންގެންދާ ގެންދިއުން ހުއްޓާލުމަށް ގޮވާލައި ފަރެސްމާތޮޑާ ދާއިރަގެ މެންބަރު ހުސައިން މުހައްމަދު ލަތީފު މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށަހެޅި ކުއްލި މައްސަލަ ބަަލައި ނުގަނެ މަޖިލިސް ތަޅުމުން ބޭރުކޮށްލައިފިއެވެ.

ހުސައިން މުހައްމަދު ލަތީފު މިއަދު ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައިވަނީ ރާއްޖޭގެ އިގްތިސާދު ވެއްޓިފައިވާ ފުން ވަޅުގަނޑުން އަދިވެސް އަރައިނުގަނެވި އިގްތިސާދީ އަދި މާލީ ހާލަތަށް ބޮޑެތޮ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި އާންމު ރައްޔިތުންގެ އެތައް ބައެއްްގެ ވަޒީފާ ގެއްލި، ގެދޮރު ގެއްލި، މަސްވެރިން ބާނާ މަސް ނުކިރި އަގު ނުލިބި އެތައް އާއިލާއެއް ނިކަމެތިވެފައިވާ ކަމަށެވެެ. 

އެގޮތުން މިފަދަ ހާލަތެއްގައި ސަރުކާރުން ކުރިއަށް އޮތް އެއް އަހަރު ދުވަހަށް ފައިސާ ޗާޕުކުރަން ނިންމައި، ސަރުކާރާ ގާތް ގުޅުން އޮންނަ ފަރާތްތަކަށް ބަދަލުގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ދިނުމަށް ނިންމަމުން ދާކަމަށް ހުސައިން މުހައްމަދު ވިދާޅުވިއެވެ. އަދި އެގޮތައް ފައިސާ ބަހަމުންދަނީ ޝަރުއީ ކޯޓެއްގެ ނިހާއީ ހުކުމެއް ނެތި ކޯޓުން ބޭރުން ސަރުކާރުން ހަދާފައިވާ ސެޓަލްމަންޓެއް ކޮމިޓީގެ ތެރެއިން އެއްވެސް ކަހަލަ ބެލުމެއް ނެތި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހުސައިން މުހައްމަދު އިތުރަށް ވިދާޅުވީ އާންމު ރައްޔިތުން ވަރަށް ނިކަމެތި ހާލުގައި ތިއްބައި، އެތައް މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ސަރުކާރާ ގުޅުން އޮންނަ ފަރާތްތަކަށް ނަގައިދިނުމަކީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް ކަމަށެވެ. އަދި ރައްޔިތުންގެ ފައިސާއަކީ ގައުމުގެ ތަރައްގީއާއި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް ބޭނުންކުރަންޖެހޭ ފައިސާ ކަމަށްވާތީ، ފައިސާ ޗާޕުކޮށް ސަރުކާރާ ގުޅުން އޮތް ފަރާތްތަކަށް ބަހަމުންދާ ދިއުން ހުއްޓާލުމަށް ގޮވާލައި ކުއްލި މައްސަލަ ހުށަހަޅާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ކުއްލި މައްސަލަ ބަލައިގަތުމާމެދު ގޮތެއް ނިންމުމަށް ނެގި ވޯޓުގައި 29 މެންބަރުން ވޯޓު ދިނީ މައްސަލަ ބަލައިގަތުމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 5 މެންބަރުންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް