އުކުޅަހު ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހީމް ވިދާޅުވީ އެރަށުން ޕޮޒިޓިވް ވެފައިވަނީ އެންމެ މީހެއް ކަމަށެވެ. އެމީހާ ކޮވިޑަށް ޓެސްޓު ކުރީ އޭނާގެ ހަށިގަނޑުން ކޮވިޑުގެ އަލާމާތްތައް ހުރުމުން ޑޮކްޓަރަށް ދެއްކުމުން ކަމަށެވެ.
މިހާރު އެމީހާގެ ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ޑައިރެކްޓު ކޮންޓެކްޓު ވެފައިވާ މީހުން މިހާރު ވާނީ އެމީހުންގެ ގޭގައި ދެންތިބި މީހުންނާވެސް އެކު ކަރަންޓީނު ކުރެވިފައި ކަމަށްވެސް އުކުޅަހު ކައުންސިލުން ބުނެ އެވެ.
ސާމްޕަލް ނަގަން ފަށާނީ ކޮންޓެކްޓު ޓްރޭސިން ހަދާ ނިމުމުން ކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
އަދި ޕޮޒިޓިވް ވެފައިވާ މީހާގެ ހާލު ގޯސް ނޫން ކަމަށާ، އޭނާއަށް ލިބެންޖެހޭ ފަރުވާ ދެމުންދާ ކަމަށްވެސް ޝައުކަތު ވިދާޅުވިއެވެ.