އިންޓަނޭޝަނަލް ފައިނޭންސް އެވޯޑް 2021 ގައި ފެނަކައަށް ދެ އެވޯޑެއް ލިބިފައި ވެއެވެ. އެއީ ބެސްޓް ގްރީން ޕްރޮޖެކްޓް އެވޯޑު (ލ.ގަން އިންޓަކަނެކްޝަން ޕްރޮޖެކްޓް) އާއި ބެސްޓް ގްރީން އިނީޝިއޭޓިވް އަންޑާ ދަ ޔޫޓިލިޓީ އެވޯޑެވެ.
އިންޓަނޭޝަނަލް ފައިނޭންސް އެވޯޑަކީ ކުރިއަރަމުން އަންނަ އަދި ތަފާތު އުފެއްދުންތައް ގެނެސް ކުރިއަރުވާ ފަރާތްތަކަށް ދެވޭ އެވޯޑެކެވެ.
ލ. ގަން އިންޓަކަނެކްޝަން ޕްރޮޖެކްޓްގެ ތެރެއިން ރަށުގެ ތިން ސަރަހައްދެއްގައި ހުރި އިންޖީނުގެ ތަކުން ރަށަށް ދެމުން އައި ކަރަންޓުގެ ހިދުމަތް މައި އެއް ސްޓޭޝަނަށް ބަދަލުކޮށް އެތަނުން ހިދުމަތް ދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.