ads
ފޮޓޯ--މޯލްޑިވިއަން
މޯލްޑިވިއަންގެ ރެކްރޫޓްމަންޓާ ގުޅޭގޮތުން ފަތުރަނީ ދޮގު ވާހަކަތަކެއް
ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ފަތަން ނޭނގޭ ކުދިން ކެބިން ކުރޫއިންގެ ގޮތުގައި ނަގަމުންދާ ކަމަށް ބުނެ ދޮގު ހަބަރު ފަތުރާ މައްސަލަ ފެންމަތިވެއްޖެއެވެ.

"އޭވިއޭޝަން މޯލްޑިވިސް" ކިޔާ ވެބްސައިޓް އެއްގައި ޝާއިރުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ ފަތަން ނޭނގޭ ކުދިން ކެބިން ކުރޫއިންގެ ގޮތުގައި މޯލްޑިވިއަން އިން ނަގަަމުން އަންނަ ކަމަށާއި، ވަޒީފާއަށް ނެގުމުގެ ކުރިން ކުދިންނަށް އެކަށީގެންވާ ޓްރެއިނިން ނުދޭ ކަމަށެވެ. އަދި މޯލްޑިވިއަން އިން ވަޒީފާއަށް އެކަށީގެން ނުވާ ކުދިން ނަގަމުންދާ ކަމަށްބުނެ އެ ފަރާތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ނަމަވެސް މޯލްޑިވިއަން އިން ވަނީ މިކަން ދޮގުކޮށްފައެވެ ސީއެންއެމް އަށް މައުލޫމާތު މޯލްޑިވިއަންގެ ޕީއާރު އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމް  ވިދާޅުވީ އަބަދުވެސް ކުދިން ނަގަމުން އަންނަނީ ފުރިހަމައަށް ޓްރެއިނިން ދިނުމަށް ފަހު ކަމަށާއި، ފަތަން ނޭނގޭނަމަ ވަގުތުން އެ ކުއްޖަކު ޑިސްކުއަލިފައި ކުރާ ކަމަށެވެ. 

ފަތަން އެނގުމަކީ ކެބިން ކުރޫ އިންގެ އަސާސީ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. 

ރާއްޖޭގެ 90 އިންސައްތައަކީ މޫދު ކަމުގައިވާއިރު، މަތިންދާބޯޓު ގިނަ ވަގުތު ދަތުރުކުރަމުންދާނީ ކަނޑު މަތިންނެވެ. އެހެންކަމުން ފަތަން ނޭނގޭ ކުދިން ކެބިން ކުރޫއިންގެ ވަޒީފާއަށް ނެގުމުން އެމަޖެންސީއެއް ދިމާވެއްޖެ ހާލަތުގައި ވަރަށް ގިނަ މައްސަލަތައް ކުރިމަތިވާނެއެވެ. އަދި މިއީ ބޯޓުން ދަތުރުކުރާ ފަސިންޖަރުންނަށްވެސް އޮތް ވަރަށް ބޮޑު ނުރައްކަލަކަށް ވެގެންދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް