މުނިފޫހިފިލުވުމުގެ ދާއިރާގައި އެންމެ ލޯބިންއުޅޭ ޖޯޑްކަމަށްވާ ނިކް ޖޯނަސް އާއި ޕްރިޔަންކާ ޗޯޕްރާ ގެ ރޮމެންޓިކް ހަޔާތުގެ ވާހަކަ އަކީ ބެލުންތެރިންނަށް އާ ކަމެއްނޫނެވެ. މިދެމީހުން އަންނަނީ ދިރިއުޅުމުގައި އެކި ކަޕަލް ގޯލްސް ތަށް ހާސިލް ކުރުމަށް ވަރަށް ގިނަ ކަންތައްތަށް ކުރަމުންނެވެ.
ނިކް ހާމަ ކުރި ގޮތުހުގައި އޭނާގެ އަންހެނުން ޕްރިޔަންކާ ފަރާތުން ވަރަށް ގިނަ ކަންކަން ދަސްވެއްޖެ އެވެ. މިގޮތުން ނިކް ބުނިގޮތުގައި ބައެއްފަހަރު މަޑުޖައްސާލުމަށްފަހު ކިކްގައި ކުރިއަށް ދިއުމަށުވެ. ޕްރިޔަންކާ ނިކް އަށް ކިޔައިދިންގޮތުގައި މަޑު މަޑުން ކަންކަމުގައި ކުރިއަށް ދިޔުން އަދިވެސް އާދަ ވޭތޯ ކޮންމެދުވަހަކު މަސައްކަތް ކުރަމުންދާކަމަށެވެ. އެއީ ހަމަ ދިރިއުޅުމުގައި ކަންތައް ކުރަން ރަގަނޅު ގޮތްކަމަށް ގަބޫލު ކުރާކުމަށް ވެސް ނިކް ބުނެއެވެ.
އެންމެ މުހިއްމެ ކަމަކަށް ދަސްވީ ކޮންމެ ކަމެއް ވެސް މަޑުޖައްސާލުމަށްފަހު ކުރުން މުހިއްމުކަމަށެވެ. ފިލްމެއް ކުޅުނު ނަމަވެސް ނޫނީ ހިނގާލަން ދަމުންވެސް އެންމެ މިނެޓް އަކަށް ވިޔަސް މަޑުކޮށްލުން ބައެއްފަހަރު މުހިއްމު ކަމަށެވެ.
ނިކް ހާމަ ކުރިގޮތުން ޕްރިޔަންކާ އާއެކީ ދިރިއުޅުންފެށިފަހުން އާދައިގެ ކަންކަން ކޮށްލައިގެން ނަމަވެސް ދިރިއުޅުމުގައި ވަރަށް އުފާވެރި ކަމާއި ހިތްހަމަޖެހުން ލިބޭކަމަށެވެ. މިސާލަކަށް ދުވަހުގެ ނިމުން ފިލްމެއް ބަލައިލުމަށް ހޭދަ ކުރުން ނޫނީ އެމީހުންގެ ކުއްތާތައް ގޮވައިގެން ހިނގާލަން ދިޔުން ހިމެނޭކަމަށެވެ.