ads
ޖޫރީ ޕެނަލްގައި ހިމެނެނޭ ތިން ބޭފުޅުން
ދިވެހި ފިލްމު އެވޯޑްސްގެ ފަނޑިޔާރުންގެ ޕެނަލް އިއުލާންކޮށްފި
އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ، ދިވެހި ފިލްމު އެވޯޑްސްގެ ފިލްމުތައް ޖަޖްކުރާ ޖޫރީ ޕެނަލް ކަނޑަަޅައި އެމީހުންގެ ވަނަވަރު އާންމުކޮށްފި އެވެ.
Advertisement
ނުވަ ވަނަ ދިވެހި ފިލްމު އެވޯޑްސްގެ ފިލްމުތައް ޖަޖްކުރާ ޖޫރީ ޕެނަލް ކަނޑަަޅައި އެމީހުންގެ ވަނަވަރު އާންމުކޮށްފި އެވެ.

މިއެވޯޑް ހަފުލާއަކީ ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން އިންތިޒާމު ކުރާ ހަފުލާ އެކެވެ. އެންސީއޭއިން އާންމުކުރި ޖޫރީ ޕެނަލުގައި ހިމެނެނީ ހަތް މެމްބަރުންނެވެ.

އެގޮތުން ޖޫރީ ޕެނަލުގައި ހިމެނެނީ ފިލްމީ ދާއިރާގެ މަޝްހޫރު ޕްރޮޑިއުސަރު އަދި ޑިރެކްޓަރު މުހައްމަދު ނިޔާޒް (ޓެޑްރީ) އާއި އާމިނަތު ނަޖީބާއި، ފާތިމަތު ލީޒާ އާއި، އައިމިނަތި އީނާސް އާއި، އަހްމަދު އަހުސަނުގެ އިތުރުން އުރީދޫގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު ނޫރާ އިބްރާހިމް ޒާހިރު އަދި ޝާރިފް އަލީ އެވެ.

ޓެޑްރީ ވަނީ ފިލްމީ ދާއިރާގައި 33 އަހަރު ހޭދަކޮށްފަ އެވެ. ޓެޑްރީ ވަނީ ނޭޝަނަލް ފިލްމު އެވޯޑްސްގައި ތަފާތު އެކި ކެޓަގަރީތަކުން އެވޯޑުވެސް ހޯދާފަ އެވެ. އައިމިނަތު ނަޖީބަކީ ނިއުޔޯކުގެ ފިލްމު އެކަޑަމީން ޑިޕްލޮމާ އިން ފިލްމު މޭކިން ހާސިލުކޮށްފައިވާ ފަރާތެކެވެ. އޭނާ ވަނީ މީގެ އަހަރުތަކެއް ކުރިން ގެނެސްދިން ފިލްމު "ފުއްޓަރު" ވެސް ޑައިރެކްޓްކޮށްފަ އެވެ.

މީގެ އިތުރުން ޖޫރީ ލިސްޓުގައި ހިމެނޭ ލީޒާއަކީ ޓީވީ ޕްރޮޑިއުސަރެއްގެ ގޮތުގައި 12 އަހަރުގެ ތަޖުރިބާ ހުރި ފަރާތެކެވެ. އޭނާ ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީއަކުން ފިލްމު އުފެއްދުމާ ގުޅޭ ގޮތުން ކޯހެއްވެސް ފުރިހަމަ ކޮށްފަ އެވެ.

އީނާސްއަކީ ސިޑްނީގެ ފިލްމު ސްކޫލުން، ސްކްރީން ސްޓަޑީޒް އެންޑް މީޑާއާއިން ޑިޕްލޮމާ ހާސިލްކޮށްފައިވާ ފަރާތެކެވެ. އަދި އަހުސަނަކީ ވެސް މުމްބާއީގެ ފިލްމުގެ ސްކޫލުން ފިލްމު އުފެއްދުމާ ގުޅޭ ކޯހެއް ފުރިހަމަ ކޮށްފައިވާ ފަރާތެކެވެ.

ނޫރާ ވެސް ޖޫރީންގެ ލިސްޓުގައި ހިމެނޭއިރު އޭނާއަކީ ވެސް މާސް ކޮމިއުނިކޭޝަންގެ ދާއިރާއިން ބެޗްލާސް ޑިގްރީއެއް ހާސިލުކޮށްފައިވާ ފަރާތެކެވެ.

ޑޮކިއުމަންޓްރީ އާއި ފިލްމު އުފެއްމުގައި ހަރަކާތްތެރިވަމުން އަންނަ ޝާރިފަކީ ވެސް އޮސްޓްރޭލިއާގެ ޔުނިވާސިޓީއަކުން ފިލްމީ ދާއިރާއާ ގުޅޭ ކޯހެއް ފުރިހަމަ ކޮށްފައިވާ ފަރާތެކެވެ. އޭނާ އަންނަނީ ލިޔުންތެރިއެއްގެ އިތުރުން ޑައިރެކްޓަރެއް އަދި އެޑިޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުންވެ.

ފިލްމު އެވޯޑު ބާއްވާނެ ތާރީހު މިހާތަނަށް ކަނޑައަޅާފައި ނުވިނަމަވެސް އެ އެވޯޑު އޮތީ އަންނަ މަހުގެ ތެރޭގަ އެވެ.

މިފަހަރުގެ އެވޯޑަށް ހުށަހަޅާފައި ވަނީ 12 ފީޗާ ފިލްމަކާއި ކުރު ފިލްމެކެވެ. އެގޮތުން މިފަހަރު ފީޗާ ފިލްމުތަކުގެ ބައިން ވާދަކުރަނީ "ދެވަނަ ސޫރަ" އާއި "ވަކިން ލޯބިން" އަދި "ރޭވުން" އާއި "ތިޔަ ލޯތްބާ ދުރަށް"، "މަލިކާ" އާއި "ނޯޓީ 40" ގެ އިތުރުން "ބޮސް" އާއި "މީ ލޯތްބަކީ" އަދި "ހައްދު"ގެ އިތުރުން "ވިޝްކާ" އާއި "ނޭދެން ވަކިވާކަށް" އަދި "އިލް ނޮއިސް" އެވެ.

ކުރު ފިލްމުގެ ކެޓަގަރީން ހުށަހަޅާފައިވަނީ "ކަނޑު އިބިލީސް" އެވެ. އެ ކެޓަގަރީން ހުށަހަޅި ހަމައެކަނި ފިލްމަކީ އެއީ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް