ކައިޒީން ބުނީ މިހާރު މޮޑެލިންގެ ދާއިރާއިން ހާސިލުކުރަން ބޭނުންވި އެންމެ މަތީ ހަރުފަތްވެސް ކާމިޔާބު ކުރެވިފައިވާ ކަަމަށާއި އެހެންކަމުން ދެން މޮޑެލިންގެ ދާއިރާއިން އިތުރަށް ކުރިއަށް ދިޔުމަށް ނުވިސްނާ ކަމަށެވެ.
މިހާރު ބޭނުންވަނީ އާ ކުދިންނަށް އެ ދާއިރާއިން ފުރުސަތު ދިނުމަށްކަން ފާހަގަކުރަމުން ކައިޒީން ބުނެފައިވަނީ މިހާރު ދެން އެންމެ ކުރިއަށްދާން ބޭނުންވާ ދާއިރާއަކީ ސިޔާސީ ދާއިރާ ކަމަށެވެ.
އަންހެނުން ބާރުވެރި ކުރުވުމަށް ސިޔާސީ ދާއިރާއަށް ނިކުންނަން ބޭނުންވާކަމުގެ ޝައުގުވެެރިކަން ކައިޒީން ފާޅުކޮށްފައިވާއިރު، އޭނާއަށް އެދާއިރާއިން އެންމެ ކަމުދާ ޝަހުޝިއްޔަތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެވެ. އަދި ޑޭޓަކަށް ދާނަމަވެސް ދާން ބޭނުންވަނީ ސޯލިހްއާއިއެކު ކަމަށް އޭނާވަނީ ބުނެފައެވެ.