އޭނާއަށް މި ދައުވަތު ލިބިފައިވަނީ މިހާރު މޮޑެލިންގެ ދާއިރާއިން ހާސިލުކުރަން ބޭނުންވި އެންމެ މަތީ ހަރުފަތްވެސް ކާމިޔާބު ކުރެވިފައިވާ ކަަމަށާއި އެހެންކަމުން ދެން މޮޑެލިންގެ ދާއިރާއިން އިތުރަށް ކުރިއަށް ދިޔުމަށް ނުވިސްނާ ކަމަށް ޓީވީ ޕްރޮގުރާމެއްގައި އޭނާ ބުނުމުންނެވެ.
އެގޮތުން ކައިޒީން ދެން ނިކުންނަން ބޭނުން ވަނީ ސިޔާސީ ދާއިރާއަށް ކަމަށް ބުނާ ހަބަރެއް ޝެއާ ކުރަމުން ޕީޕީއެމްގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒު ވަނީ ކައިޒީންއަށް އެޕާޓީއާ ގުޅުމަށް ދައުވަތު ދީފައެވެ.
އެ ޓްވީޓުގައި އޭނާ ބުނެފައިވަނީ ޕީޕީއެމްގެ ދޮރުވަނީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ހުޅުވިފައި ކަމަށެވެ. އަދި ސިޔާސީ ގޮތުންނާއި އުމްރާނީ ގޮތުންވެސް ގައުމަށް ހިދުމަތް ކޮށްދެން ބޭނުންވަ ހުރިހާ އެންމެން ޕީޕީއެމް އާއި ގުޅުމަށް ދައުވަތު އަރުވަމުން އޭނާ ބުނީ ކައިޒީން އަށްވެސް މަރުހަބާ ކިޔާ ކަމަށެވެ.
އެހެންކަމުން ކައިޒީން ޕީޕީއެމް އާއި ގުޅޭނެތޯ މިއީ މިހާރު ގިނަ ބަޔަކު ހިތުތެރޭގައި އޮންނާނެ ސުވާލެކެވެ.
ނަމަވެސް ޓީވީ ޕްރޮގްރާމަކަށް ދިން އިންޓަވިއު އެއްގައި އޭނާ ބުނެފައިވަނީ އޭނާއަށް ސިޔާސީ ދާއިރާއިން އެންމެ ކަމުދާ ޝަހުޝިއްޔަތަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށެވެ. އަދި ޑޭޓަކަށް ދާނަމަވެސް ދާން ބޭނުންވަނީ ސޯލިހްއާއިއެކު ކަމަށް އޭނާވަނީ ބުނެފައެވެ.