ads
ހިންމަފުށީގައި ހުންނަ އައްސޭރި ޖަލު
ޖަލުތަކުން 53 މީހުން ޕޮޒިޓިވްވެ، 127 މީހުން ކަރަންޓީނުގައި
ޖަލުތަކުން 53 މީހުން ޕޮޒިޓިވްވެ، 127 މީހުން ކަރަންޓީނުކޮށްފައިވާކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެފި އެވެ.

ކަރެކްޝަނުން ބުނިގޮތުުގައި ހުޅުމާލެ ޖަލުގެ އޮފިސަރުންނާއި މުވައްޒަފުންގެ ތެރޭގައި، އެކަކު ޕޮޒިޓިވްގެ ދެ މީހަކު ކަރަންޓީނުގައި ވާއިރު، ގައިދީނުްގެ ތެރެއިން އެއްވެސް މީހަކު ޕޮޒިޓިވްނުވެ އެވެ. 

މާލޭ ޖަލުގެ އޮފިސަރުންނާއި މުވައްޒަފުންގެ ތެރޭގައި، ތިން މީހަކު ޕޮޒިޓީވްވެފައިވާއިރު  21 މީހުން ވަނީ ކަރަންޓީނު ކޮށްފަ އެވެ. އަދި 20 ގައިދީން ޕޮޒިޓިވް ވުމާއެކު އެމީހުން ވަނީ ކަރަންޓީނު ކޮށްފައިކަަމަށް ކަރެންޝަނުން ބުނެ އެވެ.

ކަރެންޝަނުން ބުނިގޮތުގައި މާފުށީ ޖަލުގެ އޮފިސަރުންނާއި މުވައްޒަފުންގެ ތެރޭގައި، 17 ޕޮޒިޓިވްވެ، 82 މީހުން ކަރަންޓީނުގައި ވާއިރު، ގައިދީންގެ ތެރެއިން އެއްވެސް މީހަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ. އައްސޭރި ޖަލުގެ އޮފިސަރުންނާއި މުވައްޒަފުންގެ ތެރޭއިން 12 މީހުން ޕޮޒިޓިވް ވެފައިވާއިރު ގައިދީންގެ ތެރެއިން އެއްވެސް މީހެއް ޕޮޒިޓިވް ވެފައެއް ނުވާކަމަށް ކަރެންޝަނުން ބުނެ އެވެ.

ހުރިހާ ޖަލަކުން 33 މުވައްޕޮޒަފުން ޕޮޒިޓިވްވެފައިވާ އިރު 105 މުވައްޒަފުން ކަރަންޓީނުގައި ތިބިކަމަށާއި 20 ގައިދީއަކު ޕޮޒިޓިވްވެފައި 22 ގައިދީން ކަރަންޓީނުގައި ތިބިކަމަށް ކަރެންޝަނުން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް