ބޭނުންވާ ތަކެތި:
ހަދާނެ ގޮތް:
ފުރަތަމަ ތަވައެއް އުދާ އެ ހޫނު ކުރުމަށްފަހު އެއަށް ކޮތަނބިރި، ދަވިއްގަނދު، ދިރި، ހިކިމިރުސް އަދި އަސޭމިރުސް އަޅާފައި މެދު ގިނީގައި ބަހައްޓައިގެން ހަނާ ކުރާށެވެ.
ހަނާކުރި ތަކެތި ހިހޫ ވީމައި މިކްސަރުގެ މުގުރާ ބަޔަށް އެތަކެތި އަޅާފައި، ރީނދުލާއި، ލޮނުމެދާއި އިނގުރުވެސް ކޮށާލާފައި އަޅާށެވެ. ދެން ފެން ފޮދެއްވެސް ޖަހާލައިގެން އޮމާން ހަވާދު ގަނޑެއް ހެދެންދެން މުގުރާލާށެވެ.
ދެން ފޮއްޗެއްގެ ބޯމިނުގައި އިންޗިއެއް ހުނާނެ ވަރަށް ބަށިތައް ކޮށާލުމަށްފަހު ތެޔޮ ފޮދު ތެއްޔަކަށް އަޅާ ހޫނު ކޮށްފައި އޭގެ ތެރެއަށް ކޮށި ބަށިތައް އަޅާފައި އެއަށް ރަން މުށި ކުލަ އަރަންދެން ތެލުލާށެވެ.
ތެލު ލެވުނީމައި ބަށިތައް ތެލިން ނަގައި ޓިޝޫ މަތީގައި ފަތުރާލާށެވެ.
އެޔަށްފަހު ގިތެޔޮ ކޮޅު ތެއްޔަކަށް އަޅައި ހޫނު ކުރުމަށްފަހު އޭގެ ތެރެއަށް ފިޔާ، ރާނބާ، ހިކަނދިފަތް އަދި ފޮނިތޮށި އަޅާފައި ފިޔާކޮޅު މަޑުވެ އެއަށް މުށިކުލަ އަރަން ފަށަންދެން ކައްކާށެވެ.
ދެން ބަށްޓާއި، ހިކިމަހާއި، ހަވާދައި، ލޮނު އަޅައި އެއްކޮށްލާފައި ހަތަރު މިނެޓެއްހާއިރު ކައްކާލީމައި ހުންނާނީ ބަށި ހިކިރިހަ ތައްޔާރުކުރެވިފައެވެ