މި މަޝްރޫއަކީ 2021 ވަނަ އަހަރުގެ ޕީއެސްއައިޕީ ގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތެކެވެ. މި މަސައްކަތް ހަވާލުކުރެވިފައިވަނީ އިނޯކާ ޕްރައިވެޓް ލިމިޓެޑަށް ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މައުލޫމާތުދެއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ 11.6 މިލިއަން ރުފިޔާއަށް 365 ދުވަސް ތެރޭ ނިންމާ އިމާރަތް ހަވާލުކުރާ ގޮތަށެވެ.
މިނިސްޓްރީގެ ފަރާތުން އެ އެގްރިމަންޓުގައި ސޮއިކުރައްވާފައިވަނީ މިނިސްޓާ އޮފް ސްޓޭޓް ފޯ އެޑިއުކޭޝަން އަހުމަދު ރިޔާޒުއެވެ. އަދި އިނޯކާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި އެގްރިމެންޓްޓް ގައި ސޮއި ކުރައްވާފައިވަނީ ޕްރޮކިއަމަންޓް މެނޭޖާ މުހައްމަދު ހަމްދޫނެވެ.