ads
ވެލާނާގެ ބިލްޑިން
އޭލެވަލް ޕޭޕަރުތަކެއް ލީކުވެއްޖެ
އޭޕްރިލް 27 ވަނަ ދުވަހުގެ ރޭގަނޑު 09:56 ހާއިރުން ފެށިގެން މިއަދުގެ މެންދުރު 13:17ގެ ނިޔަލަށް، "ޕިއާސަން" ގެ ފަރާތުން މިނިސްޓްރީ އޮފް އެޑިއުކޭޝަންއިން ފޯރުކޮށްދޭ އޭލެވެލް އިމްތިހާނުގެ ގިނަ އަދަދެއްގެ ކަރުދާސް ތަކެއް ލީކުވެއްޖެ އެވެ.

އިމްތިހާނު ތަކުގެ ޕީޑީއެފް ފައިލްތައް ލީކުވެފައިވަނީ ޒުވާނުން ތެރޭގައި މަޝްހޫރު ސޯޝަލް މީޑިއާ އައުޓްލެޓް، "ޑިސްކޯޑް" ގެ ސާވާއެއް ތެރެއިން ކަމަށް ސީއެންއެމް އަށް މައުލޫމާތު ފޯރުކޮށްދިން އޭލެވެލް ދަރިވަރުންތަކެއް ބުނެފައިވެއެވެ.

އެދަރިވަރުން ސީއެންއެމްއަށް މައުލޫމާތު ދިން ގޮތުގައި، ކެމިސްޓްރީ ޔުނިޓް 1، ފިޒިކްސް ޔުނިޓް 4، ބައޮލޮޖީ ޔުނިޓް 1، މެތަމެޓިކްސް ޕޭޕާ 1، ބިޒްނަސް ޔުނިޓް 1، އައިޓީ ޔުނިޓް 3، ކެމިސްޓްރީ ޔުނިޓް 3، ފިޒިކްސް ޔުނިޓް 1، މެކޭނިކްސް އެމް 2، އަދި ސްޓެޓިސްޓިކްސް އެސް 1 ގެ އިމްތިހާނު ކަރުދާސްތައް ވަނީ ލީކުވެފައެވެ.

މިގޮތަށް ކަރުދާސްތައް ލީކުވެގެން ދިއުމުން ވަރަށް ގިނަ އަދަދެއްގެ އޭލެވެލް ދަރިވަރުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

މިކަމާގުޅިގެން ސީއެންއެމް އިން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް ހޯދުމަށް ގުޅުމުން މިނިސްޓްރީން ބުނީ ކަންތައް ހިނގައިދިޔަ ގޮތް ހާމަކޮށް ބަޔާނެއް ނެރޭނެ ކަމަށެވެ.  

އޭލެވެލް އިމްތިހާނުތައް ދަނީ މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ކުރިއަށް ދަމުންނެވެ.

33%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
22%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް