ads
ފޮޓޯ---
ރަވީނާއާ އެކު އުޅުނު އިރުވެސް އަކްޝޭގެ 3 ލޯބިވެރިން ތިބި
ރަވީނާ އާއި އަކްޝޭގެ ލޯބީގެ ވާހަކައަކީ ގިނަ ބަޔަކު އަޑުއަހާފައިވާ ވާހަކަ އެކެވެ. ނަމަވެސް އެމީހުން ގުޅުން ނިމުނީ ކީއްވެގެންކަން އެއީ މަދު ބަޔަކަށް އިނގޭ ކަމެކެވެ.
Advertisement

އަކްޝޭ އާއި ރަވީނާ އެކުގައި ގިނަ ފިލްމުތަކެއް ކުޅެފައި ވާއިރު އެދެމީހުންގެ ކެމެސްޓްރީއަކީ ގިނަ ބަޔަކަށް ފާހަގަވި އެއްކަމެވެ. ދެމީހުންގެ އެގުޅުން އޮފް ސްކްރީނުންނާއި އޮން ސްކްރީނުން ވެސް ބެލުން ތެރިންނަށް ދިޔައީ ފެންނަމުން ނެވެ.

އެ ދެތަރިންނަކީ ޕަންޖާބީ ދެމީހުންނަށް ވެފައި ދެ ތަރިންގެ ޖޯޑު މަގުބޫލުކަމުން ގިނަ ބަޔަކު އުންމީދު ކުރަމުން ދިޔައީ އެ ދެމީހުން ކައިވެނި ކުރާނެ ކަމަށެވެ.

ރަވީނާ ވަނީ އަކްޝޭ އޭނާއާ ކައިވެނި ކުރާނެ ކަމަށް އެންމެ ފަހުން ކުޅުނު ފިލްމުގެ ޝޫޓިން ނިންމުމަށްފަހު ބުނެފައެވެ. އަދި އެ ދެމީހުން ސިއްރުގައި އެންގޭޖުވެފައިވާ ކަމަށް ވެސް ރަވީނާ ވަނީ ބުނެފަ އެވެ.

ރަވީނާ ބުނެފައި ވަނީ އަކްޝޭ އޭނާގެ އަންހެން ސަޕޯޓަރުން ގެއްލިދާނެ ކަމުގެ ބިރަށްޓަކައި އޭނާއާ ގުޅުމެއް އޮތްކަން ހާމަނުކުރީ ކަމަށެވެ. އަދި ފަހުން އަކްޝޭ އިތުރު ތިން ކުދިންނާ ރަށްޓެހިވެގެން އުޅޭ ކަމަށް ހަބަރު ލިބުމުން ހިތްމަތީގައި ހިލަ ގަޑެއް ބާއްވައިގެން ރުޅިވީ ކަމަށް ރަވީނާ ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް