ads
ފޮޓޯ:ރާއްޖެއެމްވީ
ރައީސް ޔާމީން ގެއަށް ބަދަލުކުރުން: ޔުމްނާގެ އުދާސްތައް ބަންޑުންކޮށްލައިފި
މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރުމާއިއެކު ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫންގެ އުދާސްތައް ބަންޑުންކޮށްލައިފި އެވެ.

މާފުށީ ޖަލުގައި މިފަހުން ފެންނަމުންދިޔަ ކޮވިޑް-19 ކޭސްތަކާއި ގުޅިގެން އެތަނުގައި ކޮވިޑް ފެތުރެމުންދިޔުމާއި ގުޅިގެން ރައީސް ޔާމީން ވަނީ މިރޭގެ އިރާކޮޅުގެ ވަގުތެއްގައި ގެއަށް ބަދަލުކޮށްފައެވެ. 

މިކަން ހާމަކޮށް ކަރެކްޝަންސްއިން ޓްވީޓުވެސް ކޮށްފައިވާއިރު، އެ ޓްވީޓު ރީޓުވީޓު ކުރައްވާ ރައީސް ޔާމީންގެ އާއިލާގެ ވެސް ބޭފުޅެއްކަމަށް މިނިސްޓަރު ޔުމްނާ ވިދާޅުވީ، ރޯދަމަހެއްގެ ތެރޭގައި ބައްޕާފުޅު ރައީސް މައުމޫން އަބްދުލްގައްޔޫމްވެސް ޖަލު ބަންދުގައި ހުންނަވަނިކޮށް އާލާސްކަންފުޅާ އުޅުއްވާތީވެ ގެއަށް ބަދަލުކޮށްދޭން، އާއިލާގެ ފަރާތުން، އެތައް ފަހަރެއްގެ މަތީން އެދެމުން ދިޔަ ހަނދާންތައް އާވާ ކަމަށެވެ. 

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު ރައީސް މައުމޫން ހައްޔަރުކުރީ ރައީސް ޔާމީންގެ ވެރިކަމުގައި 2018ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭގައެވެ. އޭގެ ފަހުން އެއަހަރުގެ ޖޫން މަހުގެ 13ވަނަ ދުވަހާއި ހަމަޔަށް އެމަނިކުފާނު ހުކުމަކާ ނުލައި ދޫނިދޫ ޖަލުގައި ހައްޔަރުގައި ހުންނެވިއެވެ. 

ރައީސް މައުމޫން އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ އެމަނިކުފާނުގެ މައްޗަށް އުފުލި އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއާ ގުޅިގެންނެވެ. އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައި ރައީސް މައުމޫން ހައްޔަރުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލިއެވެ. އަދި އެމަނިކުފާނު ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބެހެއްޓުމަށް އަމުރުކުރުމާއެކު އެމަނިކުފާނު އޭރު މާފުށީ ޖަލަށް ބަދަލުކުރި ނަމަވެސް ސިއްހީ ހާލުކޮޅު ހުންނެވި ގޮތުން އާއިލާއިން ތަކުރާރުކޮށް އެދުމުން ދޫނިދޫ ޖަލަށް އޭރު ބަދަލުކުރިއެވެ.

އެމަނިކުފާނު މިނިވަންވީ 2018ވަނަ އަހަރުގެ އިންތިހާބު އެމްޑީޕީން ކާމިޔާބުކޮށް ވެރިކަމަށް އައުމަށްފަހުއެވެ. 

އެފަހުން ރައީސް ޔާމީން ވަނީ މިވެރިކަމުގެ ފެށުނުކޮޅު އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ހުކުމް އިއްވާ ޖަލަށްލާފައެވެ. އޭގެ ފަހުން އެމަނިކުފާނު ގެއަށް ބަދަލުކުރެވުނު މިއީ ފުރަތަމަ ފަހަރެވެ. 

18%
ކަމުގޮސްފި
27%
އަޑުއެހިތާ މިހުރީ
9%
ސަތޭކައަކުން ސުމެއް
45%
ވަރަށް ސަލާމް
ކޮމެންޓްސް