ads
ގައްސާން ހިއްސާކޮށްފައިވާ ފޮޓޯއެއް
ރައީސް ޔާމީން ގެއަށް ގައްސާންގެ ޝުކުރު ސަރުކާރަށް
މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރެއްވުމާއި ގުޅިގެން ގައްސާން މައުމޫން ސަރުކާރަށް ޝުކުރު އަދާކުރައްވައިފި އެވެ.

ރައީސް ޔާމީން ގެޔަށް ބަދަލުކޮށްދެއްވީތީ ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ޝުކުރުދަންނަަވަމުން ގައްސާން ވިދާޅުވީ، ރައީސް ޔާމީންއަށް ހުކުމް ކޮށްފައިވަނީ ނުހައްގުން ކަމަށެވެ. އަދި އެމަނިކުފާނު މިނިވަންކޮށް 2023ވަނަ އަހަރު ވެރިކަމަށް ގެނައުމުގެ މަސައްކަތުގައި ވަރުބަލިވުމެއް ނެތި ޕީޕީއެމް ސާބިތުވެ އޮންނާނެ ކަމަށް ގައްސާން ވިދާޅުވިއެވެ.

ރައީސް ޔާމީން ގެއަށް ބަދަލުކޮށްފައިވަނީ، މާފުށީ ޖަލުގައި މިފަހުން ފެންނަމުންދިޔަ ކޮވިޑް-19 ކޭސްތަކާއި ގުޅިގެން އެތަނުގައި ކޮވިޑް ފެތުރެމުންދިޔުމާއި ގުޅިގެން ކަމަށް ކަރެކްޝަންސްއިން ބުނެއެވެ.  

ރައީސް ޔާމީން މިރޭގެ އިރާކޮޅުގެ ވަގުތެެއްގައި ވަގުތީގޮތުން ގެއަށް ބަދަލުކުރެވިގެންދިޔައިރު، އެމަނިކުފާނު ގޭ ބަންދުގައި ހުންނަވާނީ ކިހާ މުއްދަތަކަށް ކަމެއް ރަސްމީ އެއްވެސް އިދާރާއަކުން ސާފުކޮށްދީފައެއް ނުވެއެވެ. އެހެންނަމަވެސް އަޑުތައް ފެތުރޭ ގޮތުން ރައީސް ޔާމީން ގޭބަންދަށް ބަދަލުކޮށްފައި މިވަނީ ހަތަރު ހަފްތާއަށެެވެ. 

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް